ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަރަޝްގެ “މާޒީ” ބަލައިލަން ބޭނުންތަ؟

މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ ގާލާ ރައުންޑާއި ހަމައަށް ދަތުރުކޮށް، ގަދަ ހަޔެއްގައި ހިމެނުނު އަޙްމަދު ފަރަޝްގެ ޚަބަރެއް ނުވާތާ ދުވަސްކޮޅެއް ވެއްޖެދޯއެވެ. އެހެންކަމުން ފަރަޝްގެމާޒީބަލައިލުން ކިހިނެއްވާނެ ހެއްޔެވެ؟

ކުރިއަރަމުން އަންނަ ރެކޯޑް ލޭބަލްއިއްޔަ ރެކޯޑްސްއިން މިއަދު މިވަނީ އެއްވެސް ހުރަހެއް ނެތި ފަރަޝްގެމާޒީއާއްމުކޮށްފައެވެ.

އިއްޔަ ރެކޯޑްސް އިން މީގެ ދުވަސްކޮޅެއް ކުރިން ރިލީޒްކުރިވަގުތުލަވައިގެ ދެވަނަ ބައެއްގެ ގޮތުން މިއަދު މިވަނީމާޒީރިލީޒްކޮށް އެލޭބަލްއިން ވެފައިވާ ދެވަނަ ވަޢުދު ވެސް ފުއްދާފައެވެ.

ވަގުތު” ރިލީޒްކުރުމަށްފަހު އިއްޔަ ރެކޯޑްސް އިން ބުނީ މިއީ ފުވައްމުލަކުގެ ވަގުތު ކަމަށެވެ. ފުވައްމުލަކަށް އުފަން، ޒުވާން ލަވަކިޔުންތެރިޔާ ފަރަޝްގެ ހިތްގައިމު އަޑުންމާޒީގެނެސްދިނުމާއެކު މިއީ ފުވައްމުލަކުގެ ވަގުތުކަމަށް ބުނި ބުނުން މިއޮތީ ޙަޤީޤަތަކަށް ވެފައެވެ.

ހަޔާގެ ހިތްގައިމު އަޑުން ގެނެސްދިންވަގުތުލަވައިގެ ވީޑިއޯ ނިންމައިލަމުން ބުނިޓު ބީ ކޮންޓިނިއުޑްގެ ވަޢުދުވެސް ފުދިގެން ދިޔައީމާޒީލަވައިގެ ހިތްގައިމު ވީޑިއޯއިންނެވެ. ވަގުތުގެ ފުރަތަމަ ބައިގައި ގެނެސްދިން ވާހަކަ މިވަނީމާޒީލަވައިން އިތުރަށް ގެނެސްދީފައެވެ.

https://www.facebook.com/IyyaRecords/videos/2675691535858691/UzpfSTEwMDAwOTI2NDk4OTgyMzoyNDY4NTkzNzA2NzkyNzcx/?__tn__=%2CdlC-R-R&eid=ARB4yUu2UOAUABFi_V8zT6cl6jqY5YlafKDw2r74vuPv42sx3jPQwvv5sb24_jiAvPDa_JbegAjPQ4Zp&hc_ref=ARQdmMINATdm9VXFgJdLUP-9LhxqPDL4dP9t29nSNdJtVaTpDm6fB26eDWU5d84FwMs

މާޒީލަވައިގެ އޯޑިއޯ ލަވަފޮށީގައި ނެރެފައިވާއިރު، ވީޑިއޯ ލަވަ ފޭސްބްކް މެދުވެރިކޮށް ރިލީޒްކޮށްފައިވެެއެވެ. މި ލަވައިގެ ވީޑިއޯ އެންމެ ފުރަތަމަފަހަރަށް ދައްކާލީ އިއްޔަ ރެކޯޑްސްގެ ލިރިސިސްޓް އަދި އެކްޓަރ ފަތީންގެ އުފަންދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ސަޕްރައިޒް ޕާޓީގައެވެ. އެޕާޓީގައި ފަތީންގެ މަންމައާއި ބައްޕަގެ އިތުރުން އޭނާގެ ބޭބެއާއި ގާތްތިމާގެ ބައެއް މީހުންވެސް ބައިވެރިވިއެވެ. މީގެ އިތުރުން މިވަގުތު މާލޭގައި ތިބި އިއްޔަ ރެކޯޑްސްގެ ހުރިހައި އާޓިސްޓުންވެސް ބައިވެރިވިއެވެ.

ވަގުތުލަވައިގައި ފެނިގެންދިޔަ ވާހަކަމާޒީގައި އިތުރަށް ދައްކައިދީފައިވެއެވެ. ފަރަޝްގެމާޒީލަވައިގެ ވީޑިއޯ ނިންމައިލަމުން އަރާފައިވަނީނޫން ދޮއެއްތޯ؟އެވެ. އެހެންކަމުންވަގުތުލަވައިގެ ތިންވަނަ ބައެއްވެސް ނުކުންނަނީބާއޭ ސުވާލު އުފެދެއެވެ.

އިއްޔަ ރެކޯޑްސް އިން މި އަހަރު ނެރުމަށް ރަސްމީކޮށް ނިންމާފައިވާ ލަވަތައް މި ވަނީ ނެރެ ނިމިފައިކަމަށް އެތަނުގެ ސީއީއޯ އުލްޔާ ބުނެއެވެ.

ހަޔާ އަދި ފަރަޝްގެ ހިތްގައިމު އަޑުން ކިޔާފައިވާ މި ދެ ލަވައިންވަނީ އެހުންތެރިންގެ ހިތްހަމަޖައްސުވައިދީފައެވެ. 2020 ވަނަ އަހަރު އިއްޔަރެކޯޑްސް އިން އެންމެ ފުރަތަމަ އިވިގެންދާނެ ލަވަތައް ކިޔަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުޞަތުގެ ދަށުން އިއްޔަ ރެކޯޑްސް އަށް ހޮވާފައިވާ ފަރާތްތަކުގެ ލަވަ ކަމަށް އުލްޔާ ބުންޏެވެ.

މަލާމާތްގެ ނަމުން ނަން ދީފައިވާ މި ލަވަ ކިޔާފައިވަނީ ކޮން ފަރާތަކުންތޯ ސުވާލުކޮށްލުމުން އުލްޔާ ބުނީ އެއީ ސިއްރެ ކަމަށެވެ.

އިއްޔަ ރެކޯޑްސްގެ ސީއީއޯ އުލްޔާގެ ފުރަތަމަ ވީޑިއޯ ޑައިރެކްޝަން ފެނިގެންދާމާޒީލަވައިގެ ވީޑިއޯއިން ފެނިގެންދަނީ ފަތީން އާއި އޭނާގެ ބޭބެގެ އިތުރުން ހަމޫދު އާއި އުލްޔާއެވެ. މީގެ ކުރިން އެހެން މީހެއްގެ ވީޑިއޯ ލަވައަކުން ހަމޫދު ފެނިފައި ނުވާއިރު މި ލަވައިން ހަމޫދު ފެނިގެންދިޔައީ ކީއްވެގެންތޯ އަހައިލުމުން އުލްޔާ ބުނީ ކުރިއަށް އޮތް ތާނގައި ދިވެހި ފީޗާ ފިލްމަކުން ހަމޫދު ފެނުން ވަރަށް ކައިރި ކަމަށެވެ.

ވަރަށް ގިނަ ސަޕްރައިޒް ތަކަކާއެކު އިއްޔަ ރެކޯޑްސް އިން ކުރަމުންދާ މަސައްކަތްތަކުގައި އިއްޔަ ރެކޯޑްސްގެ މީޑިއާ ޕާޓްނަރުމުނިއަވަސް’ އިން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރަމުން މުނިއަވަސް އަށް އިއްޔަ ރެކޯޑްސް އިން ވަރަށް ބޮޑަށް ޝުކުރުއަދާކުރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top