ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަނބިމީހާ އެއްޗެހިބަދަލުކުރާއިރު ކޮޓަރިއަށް ވަންނަން ޓަކިދެން – ޝާހްރުކް

ކައިވެންޏަށް 30އަހަރު ވެފައިވާއިރު، އަދި މިހައިތަނަށް ދުވަހަކުވެސް އަނބިމީހާގެ ޕާރހުގެ އެތެރެ ނުބަލާ ކަމަށާއި އަނބިމިހާ އެއްޗެހިބަދަލުކުރަން ކޮޓަރީގައި ހުންނައިރު ކޮޓަރިއަށް ވަނުމުގެ ކުރިން ޓަކިދޭކަމަށް ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާން ބުނެފިއެވެ.

‘އެސްއާރްކޭ ޔުނިވަރސަލް ނޭޕާލް’ ފޭސްބްކް ޕޭޖްގައި ޝާހްރުކް ބުނެފައިވާކަމަށް ކޮމާކޯޅިކޮށްފައިވާ ލިޔުންކޮޅުގައި އިތުރަށް ބުނެފައިވަނީ އޭނާގެ އަންހެން ދަރިފުގެ ކޮޓަރިއަށް ވަނުމުގެ ކުރިންވެސް ޓަކިދޭ ކަމަށެވެ.

“އެމީހުންނަށް އެނގޭނެ އެއީ އަހަރެންކަން ވެސް. އެކަމަކު އެއީ އެމީހުންގެ ސްޕޭސް.” 2018 ވަނަ އަހަރު ކޮށްފައިވާ އެ ޕޯސްޓްގައި ޝާހް ބުނެފައިވެއެވެ.

މިއީ ޝާހްރުކް ޚާން އަންހެނުންނަށް އިހްތިރާމުކުރާ މިންވަރު ދައްކައިދޭ ކަމެއް ކަމަށް އެ ޕޯސްޓްގައި، ޕޭޖްގެ ފަރާތުން ބުނެފައިވެއެެވެ.

އެ ޕޯސްޓްގައި ޝާހްގެ ކައިވެންޏަށް 30 އަހަރުވެފައި ވާކަމަށް ބުނެފައިވިޔަސް ޝާހް އާއި ގޯރީ ކައިވެނިކުރީ 25 އޮކްޓޫބަރު 1991 ގައިކަމަށް ރެކޯޑްތައް ދައްކައެވެ. އެހެންކަމުން އެމީހުންގެ ކައިވެންޏަށް ވެފައިވަނީ 28 އަހަރެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top