ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޮލިމްޕަސް ކުއްޔަށްދޫކުރާ އުސޫލު އިޢުލާނުކޮށްފި

އޮލިމްޕަސް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނެ އުސޫލު ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން އާއްމުކޮށް އިޢުލާނުކޮށްފިއެވެ.

އެންސީއޭގެ އިއުލާނުގައި ބުނީ ފިލްމު ދެއްކުމަށާއި ޝޯ ބޭއްވުމަށާއި އަދި ފަންނުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ކަންކަމަށް އޮލިމްޕަހުގެ ހޯލު ހަމަހަމަ ގޮތެއްގައި، ވަކި އުޞޫލެއްގެ ދަށުން ކުއްޔަށް ދޫކުރުމާއި، ދެމެހެއްޓެނިވި އަދި ހަރުދަނާ ގޮތްތަކެއް ކަނޑައެޅުމުގެ މަޤްސަދުގައި ކުރިން ބޭނުންކުރަމުން އައި އުސޫލަށް އިސްލާހުގެނެސް އޮލިމްޕަސް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނެ އުސޫލް އާއްމުކޮށް އިޢުލާނުކޮށްފައިވާ ކަމަށެވެ.

މިއުސޫލު އެންސީއޭ ގެ ރިސެޕްޝަނުންނާއި އެ އިދާރާގެ ވެބްސައިޓް www.nca.gov.mv އިން ލިބެން ހުންނާނެކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މި އިއުލާނާއެކު އޮލިމްޕަސް ކުއްޔަށްދޫކުރާ އުސޫލާއި އޮލިމްޕަސް ޢެޕްލިކޭޝަން ފޯމުވެސް އާއްމުކޮށްފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top