ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ ދަށުން ހިންގަމުން އަންނަ ނެޝަނަލް އާޓް ގެލެރީ ހޯލް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނެ އުސޫލު އާއްމުކޮށް އިޢުލާނުކޮށްފިއެވެ.
އެންސީއޭ އިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނީ ނެޝަނަލް އާޓް ގެލެރީ ހޯލް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރަމުން އައި އުސޫލް މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކާއި ވަކިން ޚާއްޞަކޮށް ނޭޝަނަލް އާޓް ގެލެރީގެ މެންޑޭޓްގައި ހިމެނޭ، ފަންނުތަކާއި ފަންނުވެރިކަމާ ގުޅުންހުރި ކަންކަން ފުރިހަމަކުރުމަށްޓަކައި ނޭޝަނަލް އާޓް ގެލެރީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދެމެހެއްޓެނިވި އަދި ހަރުދަނާ ގޮތްތަކެއް ކަނޑައެޅުމުގެ މަޤްސަދުގައި ކުރިން ބޭނުންކުރަމުން އައި އުސޫލަށް އިސްލާހުގެނެސް ނެޝަނަލް އާޓް ގެލެރީގައި ހަރަކާތްތައް ހިންގުމުގެ އުސޫލް އާއްމުކޮށް އިޢުލާނުކުރާ ކަމަށެވެ.
އައު އުސޫލް އެން.ސީ.އޭ ގެ ރިސެޕްޝަނުން އަދި ވެބްސައިޓް www.nca.gov.mv އިން ލިބެން ހުންނާނެކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އުސޫލުތަކުގެ މައުލޫމާާއި ހޯލު ހޯދުމަށް ފުރަންޖެހޭ ފޯމުވެސް އިއުލާނާއެކު ހިމަނާފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!