ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މައުސޫމް ޅަފުރާނަތައް ޝިކާރަައަކަށް!

އުދާސްތައް ދުލުން ބަޔާންކޮށް، ހިތުގެ ވޭނާއި ތަދު އެހެން މީހަކަށް ކިޔައިނުދެވޭވަރުގެ ޅައުމުރުގައި ރަގަޅަށް ނުފޮޅެނީސް މައުސޫމު އެތަކެއް މަލެއްގެ ފޮނި މީރުކަމާއި ލައްޒަތު ނިގުޅައިގަތުމުގެ މައްސަލަތައް މި ކުޑަކުޑަ މުޖުތަމައުގައި ހާހުން ގުނައިލެވޭވަރަށް މިވަނީ އިތުރުވެފައެވެ.

ދެ އަހަރު ވެސް ނުފުރޭ ތުއްތު ކުއްޖަކު ރޭޕުކުރި މައްސަލައެއްގައި މުޅި ގައުމު ސިއްސުވާލައިފިއެވެ. މިއީ ފެތުރިފައި އޮތް ނުބައި ސަގާފަތެއްގެ ބިރުވެރިކަން ކުޑަނުވެ ބޮޑުވަމުންދާކަން ހާމަވި ޝައިތާނީ އަމަލެކެވެ. ޖިންސީ އަނިޔާގެ މައްސަލަތަކުގެ ޝިކާރައިގައި ކުޑަކުދިން ޖެހޭ މިންވަރު އަހަރެއް އަހަރަކަށް ގިނަ ވަނީ އެވެ.

މިފަދަ މައްސަލަތަކުގައި ވެސް ޅަ ފުރާނަތައް ޝިކާރަވެރިއަކަށް ގިނަ ފަހަރު އެ ދަރިފުޅުގެ ބައްޕަ ނުވަތަ އާއިލާ މީހަކު ވާކަން މިއީ ހަގީގަތެވެ.

ކުދިން ބައެއް ފަހަރު އުޅޭގޮތުން އެކުދިންގެ އެއުޅުމަކީ އާދައިގެ ދިރިޅުން ކަމުގައި ގިނަ ފަހަރު އަހަރުމެންނަށް އޮންނަނީ ޤަބޫލު ކުރެވިފައެވެ. އަކަމަކު އަބަދުވެސް ކުދިންގެ އުޅުމަށް އަންނަ ތަފާތު ބަދަލުތަކާއި އަދި އެކަން އެ ދިމާވާ ސަބަބު ހޯދަން މަސައްކަތް ކުރަންޖެހެއެވެ.
އާއިލާތެރޭގައި އުޅޭއިރު އެކުދިން ރައްކައުތެރިވާންޖެހޭ ކަންތައްތައް ކިޔައިދޭށެވެ.

އެކުދިންގެ ޒާތީ ދިރިއުޅުމުގެ ހުދޫދު އެކުދިންނަށް ބުނެދީ އެހުދޫދު ތެރެއަށް އެއްވެސް އެހެން ފަރާތަކަށް ވަދެވެން ނުޖެހޭނެކަމަށް ވިސްނައިދޭށެވެ. އަދި ކިތައްމެ ގާތްތިމާގެ މީހެއްކަމުގައި ވިޔަސްވެސް އެ ހުދޫދު ފަހަނަޅައި ދެވިގެން ނުވާނެކަމަށް ވިސްނައިދީ އެކަން އެކުދިންގެ އުޅުމުގައި ހަރުލައްވާށެވެ.

ކުދިންގެ އުޅުން ބަދަލު ވެގެންދާކަމަށް ކިރިޔާވެސް ޝައްކު އުފެދޭނަމަ ގެޔަށް ވަދެ އުޅޭމީހުނާއި އަދި ގޭގައި އުޅޭމީހުންގެ ހަގީގަތް ހޯދުމަށް ގާތް މީހުންނާއި މަޝްވަރާ ކުރާށެވެ. ފުރަތަމަ މިކަމަށް އުނދަގޫ ވެދާނެއެވެ. ނަމަވެސް ދޫކޮށްނުލައި އެހެންގޮތްތަކުންވެސް މަސައްކަތްކޮށް ހަޤީގަތް ހޯދާށެވެ. އަދި އެއީ ކާކުކަން ރަނގަޅަށް ދަނެގަންނާށެވެ. ގިނަ ފަހަރު ކުދިން މަންމަމެންނާއި ކަންތައްތައް ހިއްސާކުރަން ޖެހިލުން ވެއެވެ. ވީއިރު އަބަދުވެސް ކުދިންނާ ގާތްގުޅުމެއް ބާއްވައި އެފަދަ ކަންތަކާއި ވާހަކަ ދެއްކޭނެ ދޮރެއް ހުޅުވައިފަ ބާއްވާށެވެ. އޭރުން އެކުދިންނާއި ވާހަކަ ދައްކައި އެކަންތައްތައް އިސާހިތަކު ހައްލު ކުރެވިދާނެއެވެ.

އެކުދިންގެ ހައްޤުތައް އެކުދިންނަށް ކަށަވަރު ކޮށްދޭން ޖެހޭނެއެވެ. މައިން ބަފައިންނަށް ގިނަފަހަރު މި ހީވަނީ ކުދިން ރަނގަޅު ސިއްޙަތެއްގައި ބޮޑުކޮށް، ކިޔަވަން ފޮނުވުމުން ނިމުނީ ކަމަށެވެ. މީ މައިންބަފައިން ކުރަން ޖެހޭކަމެކެވެ. މިއާއެކުއެކީ އެކުދިންގެ އިތްފަތް ރައްކާކޮށް ބޮޑުކުރުމަކީ ވެސް މައިންބަފައިންގެ ޒިއްމާއެކެވެ.
މައިންބަފައިންގެ މާލީ ތަނަވަސްކަން ނެތްކަމުގައި ވިޔަސް އިތްފަތްތެރިކަމާ އެކު އެކުދިން މުޖުތަމަޢުއަށް ނެރުމަކީ އެމީހުންނަށް ވާޖިބު ކަމެކެވެ. ފަހަރުގައި ޙާލަތު ނިޔާކުރާ ގޮތުން އެކަށީގެންވާ މަތީ ތަޢުލީމު ހޯދައި ނުދެވިދާނެ އެވެ.

އެއީ ކުއްޖާ އަދި މުޖުތަމަޢުއިން އެކަހެރި ވުމެއް ނޫނެވެ. ނަމަވެސް އިތްފަތްތެރިކަން ގެއްލިއްޖެނަމަ މީހުންގެ ނަފުރަތާ އެކުދިން ތާއަބަދު ހަނގުރާމަ ކުރަން ޖެހިދާނެއެވެ. ރަނގަޅަށް ކައިގެން އަދި އަންނައުނު ލައިގެން ހުރިކަމުގައި ވިޔަސް އެކުދިންގެ ދިރިއުޅުން ވެގެންދާނީ ކަށިކެޔޮގަސްތަކެއްގެ ތެރޭ ތާއަބަދު އުޅުންފަދަ ކަމަކަށެވެ.

އަނިޔާ ލިބުނު ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، އެކުދިން ފުރިހަމަ ގޮތުގައި ހެދި ބޮޑުވުމަށް ބޭނުންވާ ސިއްހީ އަދި ނަފްސާނީ ފަރުވާއަށް މަގު ފަހިކޮށްދީ އެކުދިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރަންޖެހެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ފާނު6 އަހަރު ކުރިން

ނޫސްމަޖައްލާ ރެޖިސްޓްރީކުރާ ތަނުގައި ރެޖިސްޓްރީކޮށްގެން ހިންގާ އޮންލައިން ނޫހަކަށް ފޭސްބްކް ޕޭޖް ކިޔާނީ ތަނެއްދޮރެއް ނުދަންނަ ގަމާރުން. www.muniavas.com އަކީ ފޭސްބްކް ޕޭޖެކޭ ހިތައި ހެޔޮއެދިގެން ތިޔަ ކޮމެންޓްކުރި ބޭފުޅާގެ ހެޔޮއެދޭ ނިޔަތް ވަރަށް ސާފު. ފޭސްބްކް ޕޭޖެކޯ..... ދެން މަ ހީނހީނ އަވަދިވެއްޖެ!

heyo edhey6 އަހަރު ކުރިން

rifaaz men kahala gaabil, hunaruveri kudhin muniavass kahala kuda Facebook page ehggai habaruliyaathy hithaama kuran

Home
Menu
Search
Back to top