ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައިއޯއެސް ގެ އާ އަޕްޑޭޓާއި އެކު އެޕަލްގެ އާ ބުލޫޓޫތް ހެޑްސެޓް ލީކުވެއްޖެ

އެޕަލްގެ އޮޕަރޭޓިން ސޮފްޓްވެއަރ އައިއޯއެސް ގެ އެންމެ ފަހުގެ އަޕްޑޭޓް 13.3.1 އާއި އެކު، އެ ކުންފުނިން ނެރެން ތައްޔާރުވެފައިވާ އާ ބުލޫޓޫތް ހެޑްސެޓް ހުންނާނެ ގޮތުގެ ފޮޓޯތައް ލީކުވެއްޖެއެވެ.

ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އެޕަލް އާއި ޕަވަރ ބީޓްސް އެކުވެގެން އުފައްދާ “ޕަވަރ ބީޓްސް 4” ގެ މި ބުލޫޓޫތް ހެޑްސެޓްގައި “ޕަވަރ ބީޓްސް ޕްރޯ” އަދި “ޕަވަރ ބީޓްސް 3” ގެ ހުރިހާ ފީޗަރސްތަކެއް ހިމެނޭނެއެވެ. އަދި އެޕަލްގެ “އެއަރ ޕޮޑް 2” އާއި، “އެއަރ ޕޮޑް ޕްރޯ” ގެ ފީޗަރސްތައް ވެސް މި ހެޑްސެޓް ގައި ހިމެނޭނެކަމަށް ތަޖުރިބާކާރުން ބުނެއެވެ. މީ އިތުރުން ވެސް، އާ ފީޗަރސްތައް މި ހެޑްސެޓް ގައި ހިމެނޭއިރު، މި ހެޑްސެޓް ފަރުމާކޮށްފައިވަނީ ކަންފަތުގައި އަޅުވާލެވޭނެ ގޮތަށެވެ. “ޕަވަރ ބީޓްސް 4” ހެޑްސެޓަކީ ބުލޫޓޫތް ހެޑްސެޓެއް ނަމަވެސް  އެ ފަރުމާކޮށްފައިވަނީ ނަރު ވެސް ގުޅާލެވޭނެ ގޮތަށެވެ.

އެޕަލް ގެ އާ ބުލޫޓޫތް ހެޑްސެޓް ހުންނާނެކަމަށް ލަފާކުރެވޭ ގޮތް / ފޮޓޯ: އެޕަލް

“ޕަވަރ ބީޓްސް 3” ގެ އަގުތައް ބާޒާރުގައި 200 އެމެރިކާ ޑޮލަރަށް ހުރިއިރު، “ޕަވަރ ބީޓްސް 4” ގެ އަގު ގާތްގަނޑަކަށް އެޕަލްގެ އެއަރ ޕޮޑްތަކުގެ އަގުތަކާއި އެއްވަރުވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މި ހެޑްސެޓް ބާޒާރަށް ނެރޭނެ ވަކި ތާރީޚެއް އަދި ދެނެގަނެވިފައި ނުވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top