ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިންސްޓަގްރާމްގައި ރޮނާލްޑޯ އަށް ރެކޯޑެއް

މަޝްހޫރު ފުޓްބޯޅަ ތަރި އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އިންސްޓަގްރާމްގައި ފޮލޯ ކުރާ މީހުންގެ އަދަދު 200 މިލިއަނަށް އަރައި، އިންސްޓަގްރާމްގައި 200 މިލިއަން ފޮލޯވާރސް ހަމަވި އެންމެ ފުރަތަަމަ މީހާގެ ޝަރަފް ރޮނާލްޑޯ ހޯދައިފިއެވެ.

ފުޓްބޯޅައިގެ ދުނިޔޭގައި އެތައް ރެކޯޑުތަކެއް ގާއިމްކޮށްފައިވާ މަޝްހޫރު ފުޓްބޯޅަ ތަރި ދަނީ މީސްމީޑިއާގައި ވެސް ސަޕޯޓަރުންގެ ހިތްތައް ފަތަހަކޮށް، ރެކޯޑުތައް ގާއިމުކުރަމުންނެވެ.

ފަސް ފަހަރު ބެލޮންޑިއޯ އެވޯޑް ހާސިލްކޮށްފައިވާ ރޮނާލްޑޯ ފުޓްބޯޅަ ކެރިއަރު ނިންމާލުމަށްފަހު، ފިލްމީ ދާއިރާއިން ކުރިއަށް ދާން ބޭނުން ވާހަކަ މީގެކުރިން މީޑިއާގައި ހާމަކޮށްފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top