ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކަޅަކި” ފިލްމުގެ ޝޫޓިން ނިމިއްޖެ

މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ޕްރޮޑަކްޝަން ހައުސް ‘ނިއުޒޯ ފިލްމްސް’ އިން އުފައްދަން ފަށާފައިވާ ފިލްމު “ކަޅަކިި”ގެ ޝޫޓިން އެއްކޮށް ނިންމާލައިފިއެވެ.

ޖެނުއަރީ 15ގައި އަވަށްޓެރި ސްރީލަންކާގައި ޝޫޓިން ފެށި “ކަޅަކިި”ގެ ޝޫޓިން އެއްކޮށް ނިންމާލާފައިވަނީ ފެބްރުއަރީ 03ގައެވެ.

ފިލްމުގެ ކްރޫ އާއި ކާސްޓުން މިރޭ މާލެ އަންނާނެކަމަށް ފިލްމުގެ ޕްރޮޑިއުސަރ ނިޢުމާ މުޙައްމަދު، މުނިއަވަސް އަށް ބުންޏެވެ.

ބިރުވެރި ފިލްމު “ކަޅަކިި”ގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓްކުރަނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)އެވެ. ކެމެރާކުރީ ތަޖުރިބާކާރު އަދި ގިނަ ފިލްމުތަކެއް ކެމެރާކޮށްފައިވާ އިބްރާހީމް މޫސާ (ދަބަ) އެވެ.

ފިލްމު “ކަޅަކިި”ގެ ކާސްޓުގައި ހިމެނެނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، މުޙައްމަދު މަނިކް، ރިޝްފާ، ލަހޫގެ އިތުރުން ޝިޔާ އެވެ.

ފިލްމު “ކަޅަކިި”ގެ ލީޑް ކާސްޓުގެ ތެރޭގައި ހިމެނޭ ހުނަރުވެރި އެކްޓަރ ޢަލީ ބުނީ ފިލްމުގެ ޝޫޓިން ދިޔައީ ގާތްގަނޑަކަށް ޝެޑިއުލްއާ އެއްވަރަށް ކަމަށެވެ.

“ވަރަށް ހިތްހަމަޖެހޭ މަސައްކަތް. ޤަބޫލުކުރެވެނީ ހަމަ މީ ވަރަށް ތަފާތު މަންޒަރުތަކެއް ބެލުންތެރިންނާ ހިސާބަށް މި ފިލްމުގަ ފެނިގެންދާނެ ކަމަށް.” ފިލްމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާމެދު މުނިއަވަސް އަށް ސީޒަން ދިން އޯޑިއޯ އިންޓަވިއުއެއްގައި ބުންޏެވެ.

https://www.facebook.com/MuniAvas/videos/2441540815957620/?eid=ARANN2-YcPfI0Aw1C1yo6tbVVfkbp5v0cWfrqkmpcmVMNJB0aI2wXT–XwTZlZOGD2dNMC0QMUjYwZtd

“ފުދޭވަރެއްގެ ރަނގަޅު ކާސްޓަކާ އެކުގަ ކުރެވުނު މަސައްކަތެއްވީމަ ފިލްމުގެ ހުރިހައި ކެރެކްޓަރޒް ވެސް ހަމަ ފުދޭވަރަކަށް ފުރިހަމަ އޭގެ ސްކްރިޕްޓްގަ އެ ބަޔާންކޮށްދޭ ހާލަތު ވަރަށް ރަނގަޅަށް ބެލުންތެރިންނާ ހިސާބަށް ފެނިގެންދާނެކަމަށް އުއްމީދު މި ކުރަނީ.” ފިލްމުގެ ކާސްޓުންގެ އެކްޓިންއާމެދު ސީޒަން ފާހަގަކުރިއެވެ.

ކަޅަކިި”ގެ މަންޒަރުތައް ސްރީލަންކާގެ ކޮލޮމްބޯ، ކެންޑީގެ އިތުރުން ނުވަރަލިޔާގެ ހިތްގައިމު ލޮކޭޝަން ތަކުގައި ޝޫޓްކޮށްފައިވެއެވެ.

“ދެން މި އަހަރު ތެރޭގަ ނުކުންނާނެ ހަމަ އެންމެ ރަނގަޅު އެއް ފިލްމަށް މި ފިލްމު ވެގެންދާނެ ކަމަށް މި އުއްމީދު ކުރަނީ.” ފިލްމު ނެރުމަށް ތާރީޚެއް އިޢުލާނުކޮށްފައި ނުވިޔަސް ފިލްމާމެދު ކުރެވޭ އުއްމީދުވެސް ސީޒަން ހާމަކުރިއެވެ.

ފިލްމުގެ ޕްރޮޑިއުސަރ ނިޢުމާ ނިއުމާ ބުނީ ފިލްމު އަޅުވާނެ ތާރީޚެއް އަދި ނިންމާފައި ނުވާކަމަށާއި ފިލްމު ރިލީޒްކުރާނެ ތާރީޚެއް ފަހުން އިޢުލާނުކުރާނެ ކަމަށެވެ.

ކަޅަކިި”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top