ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފިއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް އެތަކެއް ފަސޭހަތަކެއް ލިބެން ހުރިއިރު، ޓިކެޓް ބުކިން ހަދައިލަން މިހާރު މިނެޓެއްވެސް ނުނަގައެވެ.
”މޯލްޑިވިއަންގެ މޮބައިލް އެޕް“ ތަޢާރަފްކުރުމަށް މިމަހު 11 ވަނަ ދުވަހު މޯލްޑިވިއަންގެ ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައި އެ އެޕްލިކޭޝަން ތައާރަފުކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.
މޯލްޑިވިއަންގެ އެޕްލިކޭޝަނުން ބުކިން ހެދުމުގެ އިތުރުން މޯލްޑިވިއަންގެ ފްލައިޓް ޝެޑިއުލްއާއި ބެގެޖް އެލަވަންސް ވެސް ބަލައިލުމުގެ އިތުރުން މޯލްޑިވިއަންގެ އިންފްލައިޓް މެގަޒިން ބަލައިލުމާއި އިތުރު ފީޗާތައް ހިމަނާފައިވެއެވެ. މީގެ އިތުރުން ބުކިން ހެދުމަށް ފަހު ތާރީޚާއި ދާން ބޭނުންވާ މަންޒިލް ބަދަލު ކޮށްލުމުގެ ޚިދުމަތާއި މި އެޕް މެދުވެރިކޮށް އެއް ފަހަރު ބުކިން ހެއްދުމަށްފަހު، ކަސްޓަމަރުންގެ މަޢުލޫމާތުތައް އެޕްގައި ރައްކާކޮށް ބެހެއްޓޭނެއެވެ.
ދިވެހި ކުންފުންޏަކުން ފަރުމާކޮށްދީފައިވާ މޯލްޑިވިއަންގެ މި މޮބައިލް އެޕްލިކޭޝަން ގޫގްލް ޕްލޭ އަދި އެޕަލް އެޕް ސްޓޯރުން ވެސް މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




