1988 ނޮވެމްބަރު މަހުގެ 3 ވީ ބުރާސްފަތި ދުވަހު ދިވެހި ޤައުމަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ހަމަލާގެ ހަނދާންތައް އައުކުރަމުންދާ އިރު، މިއަދު ގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ދުޢާ ކުރުމުގެ މަތިވެރިކަމުގެ މައްޗަށެވެ. މިއަދުގެ ޚުޠުބާގައި ނަޞްރު ލިބޭނީ މާތް ﷲ އަށް ނަޞްރު ދީގެން ކަމަށްބުނެފައި ވެއެވެ.
މިއަދުގެ ޚުޠުބާ ގައި ބުނެފައިވަނީ ނަޞްރާއި ކާމިޔާާބަކީ މާތް ﷲ އަށް ތެދުވެރި، އިޚްލާޞްތެރި މުއުމިންތަކުންނަށް ﷲ ދެއްވާ ނިޢުމަތެއް ކަމަށެވެ. އަދި މުސްލިމުންނަށް ނަޞްރު ނުލިބި ނާކާމިޔާބު ލިބިފައިވަނީ ﷲ ދެ ދީން ދޫކޮށްލުމުގެ ސަބަބުން ކަމަށްވެސް ޚުޠުބާގައި ބުނެފައި ވެއެވެ. އެގޮތުން އިސްލާމީ ތާާރީޚްގައި ކުރެވުނު އެކިއެކި ހަނގުރާމަ ތަކުގެ މައްޗަށް އަލިއަޅުވާލައި މިސާލުތައް ދައްކާފައި ވެއެވެ.
ޚުޠުބާގައި އިތުރަށް ބުނެފައިވަނީ ނަޞްރު ލިބޭނީ ކަންތައްތަކެއްގެ ތެރެއިން ލާފައި ކަމަށެވެ. އެ ކަންތައްތަކުގެ ތެރޭގައި ޤަބޫލުކުރާ ހަރުދަނާ އުޞޫލެއްގެ މަތީގައި ސާބިތުވެ ތިބުން ހިމެނެއެވެ. މުސްލިމުންނަށް ބަލާއިރު އެއީ އީމާން ކަމާއި ދީނުގެ ޢަޤީދާ ކަމަށް ބުނެފައިވެއެވެ. އަދި މި އުޞޫލުތަކަށް ފަރުވާކުޑަ ނުކުރުމަށް މާތް ﷲ މުސްލިމުންނަށް އަމުރުކުރައްވާފައި ވާކަން ހަނދާންކޮށްދީފައި ވެއެވެ.
މީގެ އިތުރުން މުސްލިމު އަޚުންނަށް ނަޞްރު ލިބޭނީ އިމާންތެރިކަމާއި އެއްބައިވަންތަ ކަމުގެ ތެރެއިން ކަމަށާއި މުޖުތަމަޢެއްގެ ހަރުދަނާ ކަމާއި އާރާއި ބާރު ދެމިގެން އަންނަނީ އެ މުޖުތަމަޢެއްގެ ދަރިންގެ މެދުގައި އޮންނަ ގުޅުމުގެ ތެރެއިންކަން ފާހަގަކޮށްފައި ވެއެވެ.
މިއަދުގެ މުޅި ޚުޠުބާ އަމާޒުކޮށްފައި ވަނީ ދުޢާ ކުރުމުގެ ފައިދާ އާއި އެކަމުގެ މަތިވެރިކަމުގެ މައްޗަށެވެ. އަދި އެއްބައިވަންތަ ކަން ޤައުމުގައި ދެމިއޮތުމުގެ މުހިއްމު ކަމުގެ މައްޗަށެވެ. ޚުޠުބާގައި އަލި އަޅުވާލާފައިވާ ނަޞްރުގެ ދުވަހަކީ ހަމަ ޙަޤީޤަތުގައިވެސް ދިވެހިން ދުޢާ ކުރުން މަތީ ސާބިތުވެ ތިބުމުގެ ސަބަބުން މާތް ﷲ ދެއްވި ނަޞްރެކެވެ. އެހެން ކަމުން ދިވެހިންގެ ނަޞްރުގެ ދުވަހަކީ ދުޢާ ގެ ދުވަހެއް ކަމަށް މާޒީގެ އެ ހިތި ދުވަސް ލޮލުން ދެކެ ތަޖުރިބާކުރި ކޮންމެ މީހަކުވެސް އެއްބަސް ވާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
ނަޞްރުގެ ދުވަސް ފާހަގަ ކުރަނީ މީގެ 29 އަހަރު ކުރިން ދިވެހިންގެ ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ރާއްޖެއަށް އަރައި ވެރިކަން ވައްޓާލަން ދިން އުދުވާނީ ހަމަލާ އިން ދިވެހިންނަށް ލިބުނު މަތިވެރި ނަޞްރުގެ ހަނދާން އާކުރުމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!