ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ކުޅިވަރުގެ ސާމާނު ވިއްކާ ސޮނީ ސްޕޯޓްސް އިން “ފައްކާ ފްރައިޑޭ” ގެ ނަމުގައި ޓާފް ފުޓްބޯޅަ ބޫޓުތަކުން 70 ޕަސެންޓް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މާދަމާ ފަށަން ތައްޔާރުވެއްޖެއެެވެ.
މާދަމާ މެންދަމު 12 ގެ ނިޔަލަށް ކުރިއަށްދާ މި ސޭލް ގައި 70 ޕަސެންޓް ޑިސްކައުންޓް ލިބޭނީ ވަކި ވައްތަރެއްގެ ޓާފް ބޫޓުތަކުން ކަމަށް ސޮނީ ސްޕޯޓްސް އިން ބުނެފައިވެއެވެ.
ސޮނީ ސްޕޯޓްސް ގެ ވެބްސައިޓުން އޮންލައިން ކޮށް މި ސޭލުން ވިޔަފާރި ކުރެވޭއިރު، ޑިސްކައުންޓް ހޯދުމަށް “ފައްކާ” ކިޔާ ޚާއްޞަ ކޯޑެއް ބޭނުންކުރަންޖެހެއެވެ.
ސޮނީ ސްޕޯޓްސް އިން ސިލްސިލާ ކޮށް ކުރިއަށް ގެންދާ މިފަދަ ސޭލްތަކުން ހެޔޮ އަގުގައި “ބްރޭންޑެޑް” ކުޅިވަރު ސާމާނު ލިބުމަކީ ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެކެވެ.
ކިޔުންތެރިންގެ ޚިޔާލު
