ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އެހެނަސް” ފޮޓޯ މައުރަޒު ބަލައިލަންވާނެ ދޯ!

ބައިސްކޯފުގެ ކާމިޔާބު ވެބް ސީރީޒް “އެހެނަސް”ގައި ބޭނުންކުރި ހުރިހާ ކުރެހުންތަކެއް ދައްކައިލުމަށް ފޮޓޯ މައުރަޒެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މަޝްހޫރު ލިޔުންތެރިޔާ އަޙްމަދު އިޤްބާލް (އައިކިޔު) މުނިއަވަސްއަށް ބުނީ އެ މައުރަޒުން “އެހެނަސް” ސީރީޒްގައި ބޭނުންކޮށްފައިވާ ހުރިހާ ކުރެހުމެއް ބެލުންތެރިންނަށް ދައްކާލާނެ ކަމަށެވެ.

މި މައުރަޒު އޮންނާނީ ނޭޝަނަލް އާޓް ގެލެރީގައި މިއަދު ހަވީރު މިއަދު ހަވީރު 16:00 އިން ފެށިގެން މިރޭ 22:00 އާއި ހަމައަށެވެ.

“އެހެނަސް” ސީރީޒްގެ ދެ ސީޒަންގައި ބޭނުންކޮށްފައިވާ ހުރިހާ ކުރެހުމެއް މިއަދު ދައްކައިލާނެއެވެ. އެ ކުރެހުންތައް ތައްޔާރުކުރީ އާމިނަތު ‘ޕިންކް’ ކަމަށް އިގްބާލް ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top