ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮމީޑިއަން ޔޫސޭ ބިދޭސީންގެ އަތްދަށަށް!

ބިދޭސީން މަސައްކަތު މީހުން ތިބޭ ގެއަކަށް މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީޢު (ޔޫސޭ) ދިއުމުން އެތަނުގައި އޭނާ ހިފަހައްޓައިފިއެވެ.

އިޖްތިމާޢީ އެކިއެކި ކަންކަމަށް މިހާރުވެސް ކުރު ވީޑިއޯ ކްލިޕްތައް ނަގައި ތިލަކުރަމުން އަންނަ ޔޫސޭ މިފަހަރު ނުކުތީ ބިދޭސީންނަށް ކޮރޯނާވައިރަސް އާއި ބެހޭ މަޢުލޫމާތު ދިނުމަށެވެ. އެގޮތުން ބިދޭސީން ދިރިއުޅޭ ގެއަކަށް ދިއުމުން އެތާ ތިބި މީހުން ޔޫސޭ ބަންދުކުރިއެވެ.

އެހެން މީހެއްގެ އެހީގައި ޔޫސޭ ނަގާފައިވާ ވީޑިއޯގައި ބިދޭސީންތައް ދިރިއުޅެމުން އަންނަ ހާލަތު ދައްކައިދެއެވެ. އަދި އެތަނުގެ ބައެއް ބިދޭސީންނާއި ވާހަކަދައްކާ އިންޓަވިއުކޮށް “ކޮރޯނާވައިރަސް” ދަންނަންތޯ އަހައެވެ. އޭގެ އިތުރުން އެތަނުގައި އެމީހުން އެފަދަ ހާލަތުގައި ގެންގުޅެން ނުވާނެކަމަށް ބުނެއެވެ. އެ ހިސާބުން ބިދޭސީ މީހާ އަންގަނީ ވީޑިއޯ ނުކުރުމަށެވެ.

ޔޫސޭ ވީޑިއޯކުރަން ވަން ގޭގައި 70 ވަރަކަށް ބިދޭސީން ދިރިއުޅެމުން އަންނަކަމަށް ވީޑިއޯއިން ފެންނަ ބިދޭސީ މީހާ ބުނެއެވެ. ޔޫސޭ ވީޑިއޯކުރަން ފެށުމުން އެތަނުގައި ތިބި ބިދޭސީން އެކަމާ ދެކޮޅު ހެދިއެވެ. ވީޑިއޯކުރުން ހުއްޓާލަން ބުނުމުން ވީޑިއޯކުރުން ހުއްޓައިނުލުމުން އެމީހުން ތިބޭގޭގެ ކޮޓަރިއެއްގައި ޔޫސޭ ބެހެއްޓުމަށްފަހު ބޭރުން ތަޅުލައި ބަންދުކުރި ކަމަށް ޔޫސޭ ބުނެއެވެ.

އާއްމުކޮށްފައިވާ ވީޑިއޯގައި ބުނާގޮތުން ބިދޭސީންގެ ފަރާތުން ސަލާމަތްވުމަށް ޔޫސޭ ފުލުހުންނަށް ގުޅުމުން ފުލުހުން އައިސް އޭނާ ގެންދިޔައީ ފުލުސް އޮފީހަށް ކަމަށް ވެސް ޔޫސޭގެ ވީޑިއޯގައި ބުނެފައިވެއެވެ.

https://www.facebook.com/941766402555712/posts/3047614461970885/?vh=e&d=n

ޔޫސޭގެ ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން ޔޫސޭ ދޫކޮށްލުމުން ދެން ވެސް ޔޫސޭ ގޮސް ވަންނަނީ ބަންގްލާދޭޝް ރައްޔިތުންތަކެއް ދިރިއުޅޭ ގެއަކަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top