ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމަށް އަރުވައިފިއެވެ. އަލިމަސް ގަލަން ޢައްބާސަށް އެރުއްވެވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަތްޕުޅުންނެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން 2018ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ބޭއްވެވި ރަސްމިއްޔާތުގައި ޢައްބާސް އިބްރާހީމަށް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އޭރު އެރުވިފައިނުވަނީ، އެމަނިކުފާނު އެދުވަސްވަރު ރާއްޖޭގައި ވަޑައިގެން ނެތުމުންނެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ޢައްބާސް އިބްރާހީމް ކުރެއްވި ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ޢައްބާސް އިބްރާހީމަކީ، ރާއްޖޭގެ ނޫސްވެރިކަމުގެ 75 އަހަރުވީ ތާރީޚުގައި 50 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ނޫސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި އެފަދަ ބޭފުޅުންގެ ތަޖުރިބާ މިއަދުވެސް ބޭނުންވާ ކަމުގައި ވިދާޅުވިއެވެ.
ރައީސް އޮފީހުގައި މިމަހުގެ 11ވަނަ ދުވަހު ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ ދެއްކެވި ވާހަކަފުޅުގައި، މީޑިއާ ކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި އެ ކައުންސިލަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.
ލިޔުންތެރިކަމުގައި މިހާރުވެސް ގަލަން ހިންގަވަމުން ގެންދަވާ ޢައްބާސް އިބްރާހިމް އަދުގެ ލިޔުންތެރިންނަށް މުނިއަވަސް މެދުވެރިކޮށް މީގެ ކުރިން ދެއްވި އަގުހުރި ބަސްފުޅެއްގައި ވިދާޅުވީ ”ލިޔުންތެރިންގެ ތެރެއިން ކޮންމެ މީހަކީވެސް ބަހުގެ ހަމަތަކާއި، އުޞޫލުތަކާއި، ޤަވާއިދުތަކުގައި ހިފަހައްޓާ މީހަކަށް ވާންޖެހޭނެ. އެއީ ކޮންމެ ލިޔުންތެރިއެއްގެވެސް މަސްއޫލިއްޔަތެއް.“ މިހެންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން



