2014 ވަނަ އަހަރު ގެނެސްދިން ބޮލީވުޑްގެ ކާމިޔާބު ފިލްމު ”އޭކް ވިލަން“ގެ ސީކުއެލްގެ ތަރިންނާއި ރިލީޒް ކުރާނެ ތާރީޚު އިޢުލާންކޮށްފިއެވެ.
އެކްތާ ކަޕޫރާއި، ބޫޝަން ކުމާރް އަދި ޝޯބާ ކަޕޫރް ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓް ކުރަނީ ”އޭކް ވިލަން“ގެ ފުރަތަމަ ބައިވެސް ޑައިރެކްޓްކުރި މޯހިތު ސޫރީއެވެ.
”އޭކް ވިލަން“ގެ ފުރަތަމަ ބަޔާއި ޚިލާފަށް މި ފިލްމުގެ މައިގަނޑު ރޯލުތަކުގައި ހަރަކާތްތެރިވަނީ ޖޯން އަބްރަހަމް، ޑިޝާ ޕަޓާނީ، އަދިތުޔާ ރޯއީ ކަޕޫރް އަދި ތާރާ ސުތާރިއާއެވެ. ”އޭކް ވިލަން“ގެ ފުރަތަމަ ބައިގެ މައިގަނޑު ރޯލުތައް ކުޅެފައިވަނީ ސިދާތު މަލޯޓްރާއާއި ޝްރައްދާ ކަޕޫރް އަދި ރިތޭޝް ދޭޝްމުކްއެވެ.
”އޭކް ވިލަން“ އެއީ އެ އަހަރުގެ އެންމެ ބޮޑު އެއް ހިޓް.. 100 ކްރޯޑަށްވުރެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެއް އެއީ.. އެހެންވެ ދެވަނަ ބައިގެ ސްކްރިޕްޓް ލިޔުނުއިރު ވަރަށް ގިނަ ވަގުތު ހޭދަވި.. ފުރަތަމަ ޑްރާފްޓުގެ ބައެއް ބައިތަކާމެދު އެކްތާ އެހާ ހިތްހަމަނުޖެހޭތީ ދެވަނަ ޑްރާފްޓެއް ލިޔުނިން.. ދެވަނަ ޑްރާފްޓް ކިޔާލާފައި އެކްތާ ބުނަނީ ވަރަށް ޝޮކިންއޭ.. އޭނަ ވަރަށް ހިތްހަމަޖެހިފައި ހުރީ..“ ފިލްމުގެ ސްކްރިޕްޓާއި ބެހޭގޮތުން މޯހިތު ސޫރީ ބުނެފައިވެއެވެ.
އެކްތާ ކަޕޫރުގެ ބާލާޖީ ޓެލެފިލްމްސްގެ ބެނާގެ ދަށުން ގެނެސްދޭ މި ފިލްމުގެ ޝޫޓިންގ މި އަހަރުގެ ފަހުކޮޅު ފެށުމަށް ނިންމާފައިވާއިރު، މި ފިލްމު ސިނަމާތަކަށް އަންނާނީ 8 ޖެނުއަރީ 2021 ގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




