ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެއްޗެހި ބައްކުރީމަ އެންމެނަށްވެސް ވާނީ ގެއްލުން!

އަނެއްކާވެސް ޑާކް ރެއިން އެންޓަޓެއިންމެންޓުން ގެނެސްދީފައިވާ ޕަބްލިކް ސަރވިސް އެނައުންސްމެންޓެކެވެ. އެ ޕްރޮޑަކްޝަން ހައުސްގެ ފަރާތުން ކޮވިޑް-19 އަށް ދިވެހިން ހޭލުންތެރިކުރުމަށް ހެދި ދެވަނަ އިޝްތިހާރުންވެސް ދެނީ ވަރަށް ރަނގަޅު މެސެޖެކެވެ.

މިފަހަރުގެ މެސެޖާއެކު ޑާކް ރެއިންގެ ފޭސްބްކްގައި ވަރުގަދަ ސްޓޭޓަސް އެއްވެސް ޖަހާފައިވެއެވެ. އެ ސްޓޭޓަސްގައި ބުނަނީ ޑާކް ރެއިން އެންޓަޓެއިންމެންޓުން ޤަބޫލުކުރާގޮތުން ކޮރޯނާވައިރަސް އިން ޖެހޭ ބަލިޖެހުމުން ދުރުވުމަށް އެޅެން އޮތް މައިގަނޑު ފިޔަވަޅަކީ ބައްޔާމެދު ރައްކާތެރިވުން ކަމަށާއި އެމީހުންގެ އިޝްތިހާރުގައި މަޖާ ގޮތެއް ގެނެސްފައިވަނީ ގިނަ ބަޔަކާއި ހަމައަށް އިޝްތިހާރުން ދޭ މެސެޖް ފޯރުކޮށްދިނުމަށް ކަމަށެވެ.

ދިގު ޑިސްކްލެއިމަރ އަކާއެކު މިފަހަރު އިޝްތިހާރު ގެނެސްދީފައިވަނީ ޑާކް ރެއިން އެންޓަޓެއިންމެންޓުން މިކަމަށް ގެނެސްދޭ އިޝްތިހާރުގައި މަޖާގޮތެއް ހުންނާތީ އެކަމާ ބައެއް ފަރާތްތަކުން އެހެން ގޮތަކަށް ދެކޭތީކަމަށް އެ ޑިސްކްލެއިމަރ އިން ދޭހަވެއެވެ.

މިފަހަރުގެ އިޝްތިހާރުން ފެނިގެންދަނީ ސުނީގެ އިތުރުން ފުބޫއެވެ. މައިގަނޑު މެސެޖަކީ ހާސްވެ ކަންބޮޑުވެގެން މުދާ އެއްކުރުމުގެ ބަދަލުގައި ހަމަޖެހިގެން އުޅުމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށެވެ.

https://www.facebook.com/125766260836371/posts/2862540683825568/?vh=e&d=n

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top