ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާލޭ ސަރަހައްދުގެ ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށްފި

ކޮރޯނާ ވައިރަސް އާއި ގުޅިގރން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، މާލޭ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކުޅިވަރު ކުޅޭ އެންމެހައި ތަންތަން ބަންދުކޮށްފި އެވެ.

ސްޕޯޓްސް މިނިސްޓްރީން މިއަދު ނެރެނު ބަޔާނެއްގައި ބުނީ މާލޭ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކުޅިވަރު ކުޅޭ އެންމެހައި ތަންތަން މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

އަދި އެ ނިންމުން ނިންމާފައިވަނީ، ގިނަ ބަޔަކު އެއްވެގެން ހިންގާ ހަރަކާތްތައް ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފައިވާ ލަފާގެ މަތީންކަމަށް އެ މިނިސްޓްރީން އިތުރަށް ބުނެފައިވެ އެވެ.

ރާއްޖޭން މިހާތަނަށް 13 ބިދޭސީއަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top