އިޓަލީން އިތުރު 368 މީހުން ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.
މިއާއި އެކު އިޓަލީން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1809 އަށް އަރާފައެވެ.
މިހާތަނަށް އިޓަލީން 3509 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ. މިހާތަނަށް އިޓަލީން ވަނީ 24747 މީހުން ކޮވިޑް-19 އަށް ފައްސިވެފައެވެ.
އިއްޔެއަކީ އިޓަލީގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. އަދި އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން އިޓަލީން މަރުވި ދުވަސްވެސްމެއެވެ.
ކިޔުންތެރިންގެ ޚިޔާލު
