ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގިލި ލަންކަންފުއްޓާއި މަތިވެރި މޮނިޓަރިން ހާލަތަށް

ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދެ މީހަކު ފެނިގެން ގިލި ލަންކަންފުއްޓާއި އއ. މަތިވެރި މޮނިޓާރިން ހާލަތަށް ގެނެސްފި އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ގިލި ލަންކަންފުށި މޮނިޓަރިން ހާލަތަށްލީ އެ ރަށުގެ މުވައްޒަފަކު މެލޭޝިއާ އަށް ގޮސް އައި ފަހުން ބަލީގެ އަލާމާތްތަކެއް ފެންނަން ފެށުމުން ކޮންޓެކްޓް ޓްރޭސިން އާއި ބަލަން ޖެހޭ އެހެން ކަންތައްތައް ބެލުމަށް ކަމަށެވެ. މަތިވެރި މޮނިޓަރިން ހާލަތަށް ގެންދިޔައީ އެ ރަށުން ދެ ބިދޭސީއެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މަތިވެރި އަށް ޓޫރިސްޓުން ދަނީ، އެ އަތޮޅުގެ ހަތަރު ރަށަކަށް މީހުން އުފުލާ ލޯންޗެއްގަ އެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހިފައި ވަނީ 13 މީހަކަށެވެ. އޭގެ ތެރެއިން ނުވަ މީހުންނަކީ އިޓަލީގެ ޓޫރިސްޓުންނެވެ. ބާކީ ހަތަރު މީހުން ނިސްބަތް ވަނީ އިނގިރޭސި ވިލާތް، ތުރުކީ، ސައުތު އެފްރިކާ އަދި ޖަރުމަނަށެވެ. މިހާތަނަށް އެއްވެސް ދިވެއްސެއްގެ ގައިން ކޮވިޑް ބަލި ނުފެނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top