ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޑާރކް ރެއިންގެ މަސައްކަތަށް އައްސަރިބަހާ ސާބަސް!

ކޮރޯނާވައިރަހުން ރަައްކާތެރިވުމަށް އާންމުން ސަމާލުކަންދޭންވީ ވަރަށް ގިނަ ކަންކަމާ ބެހޭ މަޢުލޫމާތު އެކި އިދާރާތަކުން އަންނަނީ ފޯރުކޮށްދެމުންނެވެ. މިގޮތަށް ފޯރުކޮށްދެވޭ މަޢުލޫމާތާއި އިރުޝާދުތަކަށް އާންމުން ކިހާވަރަކަށް ސަމާލުކަން ދޭ ބާވައެވެ!

ފިލްމު އުފެއްދުމުގެ މަސައްކަތްތައް ގާތްގަނޑަކަށް ހުއްޓުމަކަށް އައި އިރު، ރާއްޖޭގެ މަޤްބޫލު އަދި ކާމިޔާބު އެއް ފިލްމް ޕްރޮޑަކްޝަން ހައުސް “ޑާރކް ރެއިން އެންޓަޓެއިންމެންޓް”ގެ މަސައްކަތްތަށް އަދިވެސް ދަނީ ކުރިއަށެވެ. އަތް އުރާލައިގެން ނުތިބެ ރައްޔިތުން ކޮވިޑް-19 އަށް ހޭލުންތެރި ކުރުވުމަށް އަންނަނީ މަސައްކްތްތަކެއް ކުރެވެމުންނެވެ. ރައްކާތެރިވެ ތިބުމަށް ސާފުތާހިރުވުމުގެ ގޮތުން ކުރެވިދާނެ ގިނަ ކަންކަމާ ގުޅުވައިގެން އާންމުން ހޭލުންތެރި ކުރުވާ ގިނަ އިޝްތިހާރު ތަކެއް މިހާތަނަށް ގެެނެސްދީފައިވާއިރު، އަދިވެސް އެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ.

https://www.facebook.com/125766260836371/posts/2892885534124416/?vh=e&d=n

މިއަދާ ހަމަޔަށް އައި އިރު، ޑާރކް ރެއިން އިން ތަފާތު ވީޑިިއޯ ތަކެއް ގެެނެސްދީފައިވާއިރު އަނެއްކާވެސް ޑާކްރެއިންގެ ވީޑިއޯ ކްލިޕްތަކެއް މިވަނީ ވައިރަލްވެފައެވެ. “ޚަަބަރުދާރު” ގެ ނަމުގައި މިހާރުގެނެސްދެމުން އަންނަ ވީޑިއޯ ކްލިޕްތަކަކީ “ހިއުމާރ” ބޭނުންކޮށްގެން، ސީރިއަސް ނޯޓެއްގައި ގެނެސްދީފައިވާ ވީޑިއޯ ކްލިޕްތަކެކެވެ. ފާހަގަ ކޮށްލެވޭ ކަމަކީ ރާއްޖޭގެ ކުރީގެ މަޝްހޫރު ބަތަލު އިސްމާޢިލް ވަޖީހް ހަރަކާތްތެރި ވެފައިވާ ބައެއް ވީޑިއޯ ކްލިޕްތައް މީގައި ހިމެނިފައިވާކަމެވެ.

https://www.facebook.com/125766260836371/posts/2892816870797949/?vh=e&d=n

“ޕަބްލިކް ސާވިސް އެނައުންސްމެންޓް”ގެ ގޮތުގައި އެ ސްޓޫޑިއޯގެ މީސްމީޑިއާ ޕްލެޓްފޯމުތައް މެދުވެރިކޮށް ގެނެސްދޭ މި ކްލިޕްތަަކަށް އާންމުންގެ ފަރާތުން އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން ބައެއް ވީޑިއޯ ކްލިޕްތަަކަކީ އާންމުން ދީފައިވާ ޚިޔާލުތަކުގެ މައްޗަށް ގެެނެސްދިފައިވާ ވީޑިއޯ ކްލިޕްތަކަށް ވާއިރު، އާންމުންގެ ފަރާތުން ލިބެމުން އަންނަ ޚިޔާލުތައްވެސް އެ ސްޓޫޑިއޯއިން އަންނަނީ ހިއްސާކުރަމުންނެވެ.

https://www.facebook.com/125766260836371/posts/2875690522510584/?vh=e&d=n

ޑާރކް ރެއިންގެ މަސައްކަތް ހަމަ އެކަނި ޚާއްޞަކޮށްފައި އޮތީ ދިވެހިންނަށް އެކަންޏެއް ނޫނެވެ. ރާއްޖޭގައި ދިރިއުޅެ ބިދޭސީންނަށް ޚާއްޞަކޮށްގެން އެކި ބަހުރުވަތަކުން ވެސް މެސެޖް ފޯރުކޮށްދީފައި އެބަހުއްޓެވެ. އުނދަގޫ، ނުތަނަވަސް ދަނޑިވަޅެއްގައި މިފަދަ ގޮތަކަށް އާންމުން ހޭލުންތެރިކުރުމަކީ ބުނަން ބޭނުންވާ މެސެޖް ގިނަ ބަޔަކަށް އެންމެ ފަސޭހައިން ފޯރުކޮށްދެވޭނެ އެއް ގޮތް ކަމުގައި އެ ސްޓޫޑިއޯއިން ދެކެއެވެ.

https://www.facebook.com/125766260836371/posts/2874199605993009/?vh=e&d=n

މީގައި ހަމަ އެކަނި ޒިންމާ އޮތީ ސަރުކާރުގައި ކަމަށް ނުދެކި، ޖަމިއްޔާ، ޖަމާޢަތްތަކުންނާއި ވަކިވަކި ފަރުދުންވެސް ފަރުދީ ލެވެލެއްގައިވެސް މަސައަކަތްތަކެއް ކުރަން އެބަޖެހެއެވެ. އެގޮތުން ޑާކް ރެއިންގެ ވެރިޔާ އަދި ޕްރޮޑިއުސަރ މުޙައްމަދުޢަލީ (މޮގާ) އިސްކޮށް ހުރެގެން އޭނާގެ ޓީމުންމުން ކުރަމުން ގެންދާ މަސްްކަތަށް ތަޢުރީފު ހައްޤެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top