މިއަދު މާލެ، ހުޅުމާލެ އަދި ވިލާމާލޭގައި ކާފިއުހިންގި ވަގުތުގައި މުޅިއެކު 182 މީހަކަށް ނަސޭހަތް ދެވިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކުރައްވައިފިއެވެ. އޭގެތެރޭގައި ހިމެނެނީ 153 ދިވެހިންނާއި 29 ބިދޭސީންނެވެ.
އިއްޔެގެ މި 3 ގަޑިއިރުގައި 183 މީހަކަށް ނަސޭހަތް ދެވިފައިވާއިރު އެކަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ދިވެހިރާއްޖެއިން ވެސް ފެނިފައި ވާތީ މި ވައިރަސް ކޮންޓްރޯލްކުރުމަށް ދާދި ފަހުން ސަރުކާރުން ވަނީ ކާފިއު އިޢުލާނު ކޮށްފައެވެ. އަދި މި ވަގުތުގައި ބޭރުގައި އުޅޭ ފަރާތްތަކާ ދޭތެރޭ ފިޔަވަޅުއޭޅޭނެ ކަމަށް ވެސް ސަރުކާރުން ހާމަކުރައްވައިފައިވެއެވެ. އެގޮތުން ފުރަތަމަ ފަހަރު ނަސޭހަތް ދެވޭނެ ކަމަށާއި އެކަން ތަކުރާރު ވާނަމަ 1000 ރުފިޔާގެ ޖޫރިމަނާ އެއް ކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެެއެވެ.

މި ދަނޑިވަޅުގައި ހެލްތު ޕޮޓެކްޝަން އޭޖެންސީގެ އިރުޝާދުތަކަށް ފުރިހަމައަށް ކިޔަމަންވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.