ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިއަދު ހަވީރު ހަޔަކުން ފެށިގެން މުޅި ރާއްޖެ ރަށު ބަންދަށް!

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިއަދު (17 އޭޕްރީލް، ހުކުރު) ހަވީރު ހަޔަކުން ފެށިގެން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ދިއުން މަނާކޮށްފިއެވެ.

މިކަން އިއުލާނުކޮށްފައިމިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމެއްގައެވެ.

އެ އެންގެވުމުގައިވަނީ 17 އޭޕްރީލް 2020 ވާ ހުކުރު ދުވަހު ހަވީރު 06:00 އިން ފެށިގެން މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުން ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށާއި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސް ކުރުމަށެވެ.

މީގެ އިތުރުން ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެ އުޅުން ހުއްޓައިލުމަށާއި ވަކިން ޚާއްސަކޮށް، ޕާޓީތަކާއި ހަފްލާތައް ބޭއްވުމާއި، މާހެފުން ބޭއްވުމާއި، ދަތުރު ދިޔުމާއި، މޫދަށް އެރުމާއި، ކުޅިވަރު ކުޅުމާއި، އިޖްތިމާއީ އެނޫން ހަރަކަކާތްތައްވެސް ހުއްޓާލުމަށް އަންގާފައިވެއެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top