ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާލެއިން ހަތް ވަނަ މީހަކު ފައްސިވެއްޖެ

މާލެ ސިޓީން އަނެއްކާވެސް ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

މިއަދު ފައްސިވި މީހާއާއެކު މާލެ ސިޓީން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ ހަތަކަށް އަރައިފަ އެވެ.

އަލަށް ފައްސިވި މީހާއަކީ މީގެ ކުރިން ބަލި ޖެހިފައިވާ މީހުނާ ގުޅުން އޮތް މީހެއްކަމަށް އެޗްޕީއިން ހާމަކޮށްފައެއް ނުވެއެވެ.

އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓް ޕޮޒިޓިވް ވެފައިވާ މީހެއް ފެނިފައިވާ ކަމަށެވެ.

އަދި މިއީ ރާއްޖެއިން ޕޮޒިޓިވް ވި 27 ވަނަ މީހާއެވެ. އަދި މިއަދު ޕޮޒިޓިވްވި 2 ވަނަ މީހާއެވެ.

މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވްވި ހަތްވަނަ މީހާއެވެ. އޭނާ އައިސޮލޭޝަން އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް އެންއޯއީސީން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށްވެސް މިހާރު ވަނީ ނިންމާފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ ސިޓީ ވަނީ ދެ ހަފްތާގެ މުއްދަތަށް ލޮކްޑައުންކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top