ލ. ފޮނަދުއާއި ގަމާއި ގުޅާލެވިފައިވާ ކޯޒްވޭ އާއި ލިންކްރޯޑުން ދަތުރުކުރާ ފަރާތްތައް ބަލަހައްޓަން ފަށައިފިއެވެ.
މިއަދު ހަވީރު 06:00 އިން ފެށިގެން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ދަތުރުކުރުން މަނާކޮށްފައިވާއިރު، ލާމު ލިންކް ރޯޑް ސަރަހައްދުގައި ފުލުހުން ވަނީ ބެރިކޭޑް ޖަހައި މޮނިޓާކުރަން ފަށާފައެވެ.

ލ. މާންދޫ ހޮރައިޒަން ފިޝަރީޒް އާއްމުނަށް ބަންދުކޮށްފައި
ލ. މާންދޫގައި ހުންނަ ހޮރައިޒަން ފިޝަރީޒް ވެސް މިއަދު ލޮކްޑައުންކޮށްފައިވެއެވެ. މަޢުލޫމާތު ލިބޭގޮތުން މާންދޫގެ ސީނިއާ ސްޓާފުން މާންދޫން ބޭރަށް ނުގޮސް މަސައްކަތްކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ. ބައެއް މުވައްޒަފުން ގޭގައިތިބެ މަސައްކަތްކުރެވޭގޮތްވެސް ހަދާފައިވެއެވެ.
ލ. އަތޮޅުގެ ބައެއް ފިހާރަތަކާއި ކެފޭތައް ވެސް މިއަދު ވަނީ ބަންދުކޮށްފައެވެ. އެގޮތުން ލ. އަތޮޅަށް އެންމެ މަޝްހޫރު ރެސްޓޯރެންޓް “ޕިޒްކާ” ވެސް ވަނީ ބަންދުކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!