މާލެއިން 15 ވަނަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ދަރުބާރުގޭގައި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބުރޫކް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ހަވާލާދީ ބުނެފައިވަނީ، މާލެއިން ކޮވިޑް-19 އަށް 15 ވަނަ މީހަކު ފައްސިވެފައިވާ ކަމަށާއި، މީގެ ކުރިން މިބަލި ޖެހުނު މީހަކާއި ސީދާގޮތުން އޭނާ ބައްދަލުވިކަން އެނގެން ނެތްކަމަށެވެ.
ކޮވިޑް-19 އަށް މާލެއިން 15 މީހުން މިހާތަނަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން އެއް މީހަކީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. މި ބައްޔަށް ފައްސިވި ދިވެހިންގެ އަދަދު މިހާރު 19 އަށް އަރާފައި ވާއިރު، މިއީ ރާއްޖެއިން މި ބައްޔަށް ފައްސިވި 35 ވަނަ މީހާއެވެ.
ކިޔުންތެރިންގެ ޚިޔާލު
