މޫނުގެ ހަންގަނޑު އޮމާންކޮށް ބެހެއްޓުމާއި ބިހިނެގުމުން ސަލާމަތްކުރުމަކީ ކޮންމެ މީހެއްގެވެސް އުއްމީދަކަށް ވާނެކަން ކަށަވަރެވެ. މޫނުމަތީގައިހުންނަ ކުލަވަރާއި މޫނުމަތިން އަބަދުވެސް ތާޒާކަން ފެންނަން ހުރުމަށް ބޭނުންވާނެއެވެ. އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންވެސް މިކަމުގައި އިސްތިސްނާއެއް ނުވެއެވެ.
ޒަމާނުއްސުރެން އަންހެން ބޭފުޅުންނާއި ރަޙްމަތްތެރި ފަރިތަ ތަނެއްކަމުގައި ބަދިގެ ހިމެނެއެވެ. ބަދިގެ ތެރޭގައި ހުންނަ ސާމާނުތައް ތަރުތީބުކޮށްފައި ހުންނަލެތް ފުރިހަމަކަމުން، ހޯދަން ބޭނުންވާ ކޮންމެ އެއްޗެއް ފަސޭހަކަމާއިއެކު ހޯދެއެވެ. ކަން މިހެން އޮތްނަމަވެސް ބަދިގެތެރެއިން ފޭޝަލް ޕެކެއް ހޯދަން ބުނެފިނަމަ ބަދިގެއަށް ކިތަންމެ ފަރިތަ ބޭފުޅަކަށްވެސް އެކަން ކުރުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. ފޭޝަލްޕެކެއް ނުފެނުނުކަމުގައި ވިޔަސް މުގު،ރީނދޫ،ލުނބޯހުތް،ކިރުފޮދެއް އަދި ޒައިތޫނި ތެޔޮފޮދެއް ބަދިގެ ތެރެއިން ހޯދުމަކީ އުނދަގޫ ކަމަކަށް ނުވާނެކަން ޔަޤީނެވެ. މިދެންނެވި ތަކެތިން ފޭޝަލްޕެކެއް ހެދިދާނެ ކަމަށް ޤަބޫލުފުޅު ކުރައްވަމުތޯއެވެ؟
އާނއެކެވެ. މޫނުގެ ހަމުގެކުލަ ކަޅު ބޭފުޅުންނަށް ދޮންވުމަށް ފޭޝަލްޕެކެއް ހެދިދާނެއެވެ. މި ފޭޝަލްޕެކް ހައްދާވާނެގޮތް ލިޔެލާނަމެވެ.
ސައިސަމުސަލެއްގެ މުގާއި (ހިމުންކޮށް މުގުރާފައި) ކުޑަ ރީނދޫކޮޅެއް އަދި ކުޑަ ލުނބޯހުތްކޮޅަކާއި 2/1 ސައިސަމުސަލުގެ ޒައިތޫނިތެޔޮ އަދި ކިރުފޮދަކާއިއެކު ރަނގަޅަށް އެއްކުރައްވާފައި މޫނުގައި ރަނގަޅަށް އުގުޅުއްވާށެވެ. ތިރީސް މިނެޓް ވަންދެން ބެހެއްޓުމަށްފަހު ފެނުން ދޮވެލާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




