[avatar user=”[email protected]” size=”thumbnail” align=”left”]ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.[/avatar]
އުމުރުން 2 އަހަރު ފުރިފައިވާ ކުއްތާއެއްގެ ކަންފަތް ތެރެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޫރަ ފެނިއްޖެ އެވެ. އެގޮތަށް ޓްރަމްޕް ގެ ސޫރައާއި ވައްތަރު ސޫރައެއް އުފެދިފައިވަނީ ކުއްތާާގެ ކަންފަތްތެރޭގައި އުފެދިފައިވާ ސީސްޓެއްގެ ސަބަބުންނެވެ.
އުމުރުން 25 އަހަރުގެ ޖޭޑް ރޮބިންސަން މިވާހަކަ ބުނުމުން މީހުންނަށް ގަބޫލު ނުކުރެވިދާނެތީ އޭނާ ވަނީ މަންޒަރު ހާމަކޮށްދޭ ފޮޓޯތައްވެސް އާއްމު ކޮށްފައެވެ. “ޗީފް” ނަމަކަށް ކިޔާ މި ކުއްތާގެ ކަންފަތުގެ އެތެރެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޫރަ ހާމަވާ ފޮޓޯ މި މީހާ ފުރަތަމަ ހާމަ ކުރީ އޭނާގެ ފޭސްބުކް ޕޭޖް ގައެވެ.
ޖޭޑް ރޮބިންސަން ބުނީ ކުއްތާގެ ކަންފަތުގެ ފޮޓޯ ނަގައިގެން އެކި ގޮތްގޮތައް ބެލުމުންވެސް އޭނާއަކަށް ރައީސް ޓްރަމްޕްގެ ސޫރަ އެއް ފޮޓޯއިން ފާހަގަ އެއް ނުވި ކަމަށާއި ނަމަވެސް ޖެހިގެން އައި ދުވަހު ރައްޓެއްސަކަށް އެ ފޮޓޯ ދެއްކުމާއެކު އޭނާއަށް ކުއްތާގެ ކަންފަތުގެ ތެރެއިން ޓްރަމްޕްގެ ސޫރަ ފާހަގަ ކުރެވުނު ކަމަށެވެ.
މިސް ރޮބިންސަން ގެ ކުއްތާގެ ކަންފަތުގެ އެތެރޭޭގެ ފޮޓޯ ނެގީ އެސޮރުގެ ކަންފަތުގައި ސިސްޓެއް ހުރުމުން ޖަނަވާރުންނާ ބެހޭ ޚާއްސަ ޑޮކްޓަރަކަށް ފޮޓޯ ފޮނުވުމަށް ކަމަށްވެސް އޭނާ ބުނެފައިވެއެވެ. ޓްރަމްޕްގެ ސޫރަ ފެންނަނީ މި ސިސްޓްގެ ތެރެއިން ކަމަށް ރޮބިންސަން އާއި ހަވާލާދީ ނޫސްތައް ބުނެއެވެ.
ކުއްތާގެ ކަންފަތުގެ ފޮޓޯ އާއެކު އެނާ ލިޔެފައިވާ ލިޔުންކޮޅުގައި ބުނެފައިވަނީ ‘ކުއްތާގެ ކަންފަތުގައި ރިއްސާ ސަބަބު ދެނެގަތުމަށް ބަލާލިއިރު ކަންފަތް ތެރޭގައި އޮތީ ޑޮނަލްޑް ޓްރަމްޕް’ ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި