ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ތިމަރަފުށި – އޭރު ވެސް އަދި މިހާރު ވެސް މުޅި ރާއްޖެ އަށް ނަމޫނާއެއް!

ރާއްޖޭގެ މެދު ދެކުނު އުދަރެހުން ވިދާލި އަލިގަދަ ތަރިއެއް ކަމަށްވާ، ތިމަރަފުއްޓަކީ އެންމެ އިހުޒަމާނުއްސުރެން ތަފާތު އެއްބައިވަންތަކަމެއް ދައްކަމުން އަންނަ ހީވާގި ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ. ގައުމާއި، ރަށަށް ދިމާވާ ކޮންމެ ކޮޅިގަނޑެއްގައި ސާބިތުކަމާއެކު ކަށިން ހިތްވަރު ނެރެގެން މަސައްކަތްކުރާ އެކުވެރި ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ.

އާދޭހެވެ! މިހެން މިދެންނެވީ ސަބަބެއް ނެތި އެއް ނޫނެވެ. ދިވެހިރާއްޖެ އަށް ކަރަންޓުގެ ޚިދުމަތް ތަޢާރަފު ވެގެން ދިޔައިރު، އެންމެ ފުރަތަމަ އިންޖީނުގެ އެއް ބިނާކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިން ރަށްތަކުގެ ތެރޭގައި ތިމަރަފުށި ހިމެނެއެވެ. މި އިންޖީނުގެ ބިނާކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނީ ތިމަރަފުށީ ރައްޔިތުންގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ރެޔާއި، ދުވާލު ދާ އޮހޮރުވައިގެން އެ ރައްޔިތުން ނިކުމެ ކުރި މިންނެތް ބުރަ މަސައްކަތުންނެވެ. ތިމަރަފުށީގައި އެންމެ ފުރަތަމަ ޖެޓީ އެއް ބިނާކުރީ ވެސް ރައްޔިތުންގެ އަމިއްލަ ޖީބުން ޚަރަދުކޮށް، ހަށިގަނޑުގެ އެކި ގުނަވަންތަކުން ލޭ އޮހޮރުވާލައިގެން އެ ރައްޔިތުން ނިކުމެ ކުރި ބުރަ މަސައްކަތުންނެވެ. ހަމަ އެފަދައިން ތިމަރަފުށީގައި އެންމެ ފުރަތަމަ ސިއްޙީ ޚިދުމަތް ދޭ މަރުކަޒެއް ބިނާކުރީ ވެސް އެ ރައްޔިތުންގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ކުރި ބުރަ މަސައްކަތުންނެވެ. އެއީ އަޅުގަނޑު މިދަންނަވާ ތިމަރަފުށީ ރައްޔިތުންނެވެ. އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ލާމަސީލު ރައްޔިތުންނެވެ.

މިއަދު ވައިރަހެއްގެ ސިފައިގައި މުޅި ގައުމަށް ކުރިމަތިވެފައި މިވާ، މި ނުރައްކާތެރި ގަދަ ތޫފާނުގައި، އާބާދިގައި ގާތްގަނޑަކަށް 3000 މީހުން ދިރިއުޅެމުންދާ ތިމަރަފުށިން ފެނިގެންދަނީ، ކުރިންސުރެ އެރަށުގެ ރައްޔިތުންގެ ކިބައިން ފެންނަ އެއްބައިވަންތަކަމާއި، އަޚުވަންތަކަމެވެ. ކަމާއިބެހޭ މުއައްސަސާތަކުން އަންގާ އެންގުންތަކަށް އިޖާބަދީ ރަށު ރައްޔިތުން ތިބީ ގެތަކަށް ވަދެ ރައްކާތެރިކަން ހޯދައިގެންނެވެ. ޒަރޫރީ ބޭނުމެއްގައި ނޫނީ ރައްޔިތުން ގެއިން ބޭރަށް ނިކުމެ ހަދާ ތަނެއް ނުފެނެއެވެ. ރަށުގެ މަގުތަކަށް ވަނީ ހަމަހިމޭންކަން ވެރިވެފަ އެވެ. އެރަށުގެ ރައްޔިތުންގެ ކިބައިން ފެނިގެން ދަނީ ވަރަށް ފުރިހަމަ އަށް ފަރުދީ ޒިންމާ އަދާކުރަމުން ގެންދާ މަންޒަރެވެ. މި ބިރުވެރި އަދި އުދަނގޫ ދަނޑިވަޅުގައި، ރަށުގެ ކުދިބޮޑު އެންމެން ދައްކަމުން ގެންދަނީ، އާދަޔާ ޚިލާފު ހިތްވަރެކެވެ.

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އޭ ކިޔުނު މި ނުރައްކާތެރި ތޫފާނުގެ އަސަރު ދިވެހިރާއްޖޭގެ ގޮނޑުދޮށްތަކާއި ހަމައަށް ނުފޯރަނީސް ތިމަރަފުށީ ކައުންސިލާއި، ކޮވިޑް ޓާސްކްފޯސް އަދި ކަމާއިބެހޭ އެހެން މުއައްސަސާތަކުން ގުޅިގެން އެކަމަށް ތައްޔާރުވާން ފެށިއެވެ. އެގޮތުން، ރަށުގައި ދިރިއުޅޭ “ހައި ރިސްކް” ފަރާތްތައް ފާހަގަކޮށް ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ ރޭވުންތައް ރާވައި އޭގައިވާ ގޮތަށް އަމަލުކުރުމުގެ މަސައްކަތް ފެށިއެވެ. ގޭގެ އަށް ޒިޔާރަތްކޮށް ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތުތައް ފޯރުކޮށްދިނެވެ. ރަށުގެ ވިޔަފާރިވެރިންނާއި ގުޅިގެން ފިހާރަތަކާއި، ރެސްޓޯރެންޓް ތަކުން ޑެލިވަރީގެ ޚިދުމަތް ދޭގޮތަށް ހަމަޖައްސައި، ވިޔަފާރި ކުރުމުގައި ނަގުދު ފައިސާގެ ބަދަލުގައި ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ރައްޔިތުން ގޭގައި ތިބެގެން ފަސޭހަކަމާއިއެކު ޒަރޫރީ ހުރިހާ ބޭނުންތަކެއް ފުދޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ މުހިންމު އެހެން ފިޔަވަޅުތަކަށް ބަލާއިރު، ރަށުގެ ރަށްވެހީން ފިޔަވައި، ބޭރުން ރަށަށް ޒިޔާރަތްކުރާ އެއްވެސް ފަރާތަކަށް ރަށަށް އެރުން މަނާކުރުމާއި، ރަށުގެ ރަށްވެއްސެއް ނަމަ، ސްކްރީން ކުރެވި އެކަހެރިކޮށް ބަހައްޓަން ޖެހޭ ފަރާތްތައް އެކަހެރިކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މާލެ ދަތުރުކުރާ ރަށު ބޯޓުތައް ރަށަށް ބަނދަރުކުރުމަށް ފަހުގައި އޭގެ ފަޅުވެރިން 14 ދުވަހުގެ މުއްދަތަށް ރަށަށް ނާރާ ބޯޓުގައި މަޑުކުރަން ޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ބިރުވެރިކަމާއި ނާމާންކަމުން ފުރިފައިވާ މި ދުވަސްވަރުގައި ތިމަރަފުށީ ކައުންސިލާއި، ކޮވިޑް ޓާސްކްފޯސް އަދި ކަމާއިބެހޭ އެހެން މުއައްސަސާތަކުން ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ ފާހަގަކޮށްލަންޖެހޭ ޝުކުރުވެރިވުން ޙައްޤު މަސައްކަތްތަކެއްކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ތިމަރަފުށީގެ ޙާލަތާއި ގުޅޭގޮތުން މުނިއަވަސް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، އެ ރަށުގައި އިސްވެ ހަރަކާތްތެރިވާ ފަރާތަކުން ވިދާޅުވީ މާތް ﷲ ގެ އިރާދަފުޅުން ތިމަރަފުށީގެ އާންމު ޙާލަތު ރަނގަޅުކަމަށާއި، ކޮވިޑް-19 އަށް ޝައްކުކުރެވޭ އެއްވެސް މީހަކު އަދި ނެތްކަމަށެވެ. އެފަރާތުން އިތުރަށް ވިދާޅުވި ގޮތުގައި މަގުތަކުގައި ޒަރޫރީ ބޭނުމެއް ނެތި މީހުން ނިކުމެ ނޫޅޭ ކަމަށާއި، އާންމު ރައްޔިތުންގެ ކިބައިން ލިބިގެން ދަނީ ވަރަށް ފުރިހަމަ އެއްބާރުލުމެއް ކަމަށެވެ. އަދި އެކަމަށްޓަކައި ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. ކޮވިޑް-19 އަކީ ފަރުވާ އެއް ހޯދިފައިނުވާ ބައްޔެއް ކަމުން، ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުމުގައި ދެމިތިބުމަށް އާންމު ރައްޔިތުންނަށް އެފަރާތުން އިލްތިމާސް ކުރެއްވިއެވެ.

މިއަދު މުޅި ތިމަރަފުށިން ފެނިގެން ދަނީ، ރަށުގެ ހުރިހާ ރައްޔިތުންގެ ކެތްތެރިކަމާއި، އެއްބައިވަންތަކަމެވެ. ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތް ކުރަމުންދާ، ދަރުމަވެރިންގެ ކެރުންތެރިކަމާއި، ފަނޑުވުމެއް ނެތް ހިތުގެ ސާބިތުކަމެވެ. މިހުރިހާ ބޭފުޅުންނަށް ހިތުގެ އެންމެ އަޑިން ޝުކުރުވެރި މިވަނީ، ފަޚުރުވެރި ހިތަކާއި އެކުގައެވެ.

މާތް ﷲ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންގެ ފާފަ ފުއްސަވާ، މުސްލިމް އުންމަތް މި ވަބާއިން މިންޖުކުރައްވާށި! އާމީން!

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Bro6 އަހަރު ކުރިން

Thimarafusheege miskithaai Officeimaraathakee (kureege) namoona massakatheh.e

Nattaane dhoa6 އަހަރު ކުރިން

Kaleyah engeyne tha thedhaa dhogu vakikuran? Dhera eriyas Thimarafuttakee hama namoonaa rasheh. Liyunu kujjaa ah ahsaribahaa saabas!

Fahun bunaanan6 އަހަރު ކުރިން

Dherafulhu vee thoa? Noonee mey karaneethoa?

Mehumaan6 އަހަރު ކުރިން

V furihama liyumeh. Thimarafuttakee v hiy heyo ekuveri rayyithun thakeh ulhey rasheh. E rashah dhiya dhathuru varehga v bodah mikan faahaga kurevunu.

Thimara vaanee hama thimara ah6 އަހަރު ކުރިން

Thimarafushi a ee varah hinheyo baeh ulhey rasheh. Mehemaan dhaaree varah rangalhu rasheh. Zuvaanunnai rayyithun varah ebbaivantha. Zuvaanunge medhuga kulhivaruge Roohu aalaakoh kulhivarun thafaathu kaamiyaabee than haasil kohffaivaa baeh. Gaumy ethah baivaru shakhusiyyatheh ufadhdhaafaivaa rasheh. Raajje ah minivan kamuge dhirun hoadhdhavaidhevvi Utheemu 3 bein naai, Dhuvaafaru Dhanda hilaa eku Thimarafushi 2 Haji Himenifaivumee Gaumee ebbaivantha kamuge loabi ebaeggai asha ganefaivaa kamuge thaareekhee hekkeh. ilmee adhi fannee dharin thakegge ikhlaastheri khidhumayy thakeh miadhuves gaumah libemundhaa kamee Thimarafushi eyge zaathuga fakhuruveri vaa kameh.

Nan nubunaanin6 އަހަރު ކުރިން

Maruheyonuvaalhe thiyaa varuge dhogu khabaru liyaan

E soru6 އަހަރު ކުރިން

Asluves. Kihaavarei dheegen liyefa in liyumeibaaey. Nuni hurihaa rasheiggaves kureega kanhingi goi kanves neygey sorakitha

Ibrahim6 އަހަރު ކުރިން

Konmaves echakay kiyavuneema nimunee dhw... Hageegathakee kobaa tho ves balah jahayna dhw

ހަޅަބެ6 އަހަރު ކުރިން

މަ ކިޔަވާން ހުރީ ތިޔަ ރަށު. ނަމާދުން ފައިބާއިރު ފައިވާން ކޮޅާއިލާޅެ. ފެންވަރަވަރާ ހުއްޓައި ގޭ މޯޓަރު އެބަ ވަގަށް ނަގާ. ބީރައްޓެހި ދޯންޏެއް އައިސްފައި ފުރަން ވެގެން ނަގިލި ނަގަން ބަލާއިރު އޮންނަނީ ނަގިލި ވަގަށް ނަގާފައި ވަލޫ ކޮޅޫ ވެލި ގޯންޏެއް އައްސައިފައި.

Home
Menu
Search
Back to top