ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އާ ވައްތަރެއްގެ ހަރުފައެއް ސައިންސްވެރިން ހޯދައިފި

އިންޑިއާގެ ސައިންސްވެރިންގެ ގުރޫޕަކުން އާ ވައްތަރެއްގެ ހަރުފައެއް ހޯދައިފިއެވެ.

ދުނިޔޭގައިވާ ދިރުންތަކާއި ގުޅޭ ގޮތުން ޚަބަރުތައް ގެނެސްދޭ މަޖައްލާއެއް ކަމަށްވާ “ޒޫސިސްޓަމެޓިކްސް އެންޑް އެވޮލިއުޝަން” ގައި ބުނެފައިވާގޮތުން “ގްރީން ޕިޓް ވައިޕަރ” ގެ އާއިލާ އަށް ނިސްބަތްވާ މި ހަރުފަ އަށް ސައިންސްވެރިން ދީފައިވާ ނަމަކީ”ޓްރައިމެރެސޫރަސް ސަލަޒާ” އެވެ. އާންމު ނަމުން ނަމަ، “ސަލަޒާސް ޕިޓް ވައިޕަރ” އެވެ. ސައިންސްވެރިން މި ނަން ދީފައިވަނީ މަޝްހޫރު ވާހަކަ އަދި ފިލްމު ސީރީސް “ހެރީ ޕޮޓާ” ގައި ކިޔުންތެރިނާއި، ބެލުންތެރިންގެ މަގުބޫލުކަން ހޯދި ކެރެކްޓަރ “ސަލަޒާ ސްލައިތެރިން” އާއި ގުޅުވައިގެންނެވެ.

 

ސަލަޒާސް ޕިޓް ވައިޕަރ

“ގްރީން ޕިޓް ވައިޕަރ” ގެ އާއިލާ އަށް ނިސްބަތްވާ މި ވައްތަރުގެ ހަރުފަ އާންމުގޮތެއްގައި އުޅޭކަމަށް ބެލެވިފައިވަނީ އިރުމަތީ އޭޝިއާ އާއި، އިރު ދެކުނު އޭޝިއާ ގެ ސަރަހައްދުތަކުގައެވެ. ނަމަވެސް އަލަށް ހޯދުނު ވިހަ ގަދަ “ސަލަޒާސް ޕިޓް ވައިޕަރ” ފެނިފައިވަނީ އިންޑިއާގެ ސަރަޙައްދުތަކުން ކަމަށް އެ މަޖައްލާގައި ބުނެފައިވެއެވެ. އަދި އެ ސަރަހައްދުގައި މަދުވެގެން މި ވައްތަރުގެ 48 ހަރުފަ އުޅޭނެކަމަށް ސައިންސްވެރިން ލަފާކުރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top