[avatar user=”[email protected]” size=”thumbnail” align=”left”]ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.[/avatar]
އެއާރޕޯރޓްތަކުން ސެކިއުރިޓީ ޗެކް ކުރާއިރު މިހާރަކަށް އައިސް ދިޔާތަކެތި ފަސިންޖަރުންގެ އަތުން ނުވަތަ އަތްދަބަހުގައި އުފުލުމަކީ މަނާ އަދި ނުކުރެވޭ ކަމެކެވެ. ނުވަތަ މަނާކަމެކެވެ. އެހެންނަމަވެސް ވަރަށް ނުރައްކާތެރި ދިޔާއެއްޗެއް އިންސާނާއާއި އެކު އެއް މަންޒިލުން އަނެއް މަންޒިލަށް އުފުލަމުމުން ދެއެވެ. އެ ރައްކާކޮށްފައި ހުންނަނީ އިންސާނާގެ ގޮހޮރުގައެވެ.
އިންސާނާގެ ބަނޑުގެ އެތެރޭގައި ހުންނަ ސެލްތަކުން ހައިޑްރޯ ކުލޮރިކް އެސިޑް (އަލިފާން އާވި) އުފައްދައެވެ. މި އެސިޑަކީ މަޢުދަނުން ސިނާޢީ މަސައްކަތްކުރާ ކާރުޚާނާތަކުގައި މަޢުދަން ވިރުވުމާއި މަޑުކުރުމަށް ބޭނުންކުރާ އެއްޗެކެވެ. މި އެސިޑުން ދަގަނޑު މަޑުކޮށްދެއެވެ. (ބިލިމަގު ރާހުތަށް އެޅުމުން އެ ބިލިމަގު މަޑުވެފައި ހުންނަގޮތަށެވެ.) މިހާ ބާރުގަދަ އެސިޑަކަސް މި އެސިޑް ބަނޑާއި ގޮހޮރުތެރޭގައި ރައްކާތެރިކަމާއި އެކު ހިފަހައްޓައެވެ. ބަނޑަށް ނުވަތަ ގޮހޮރަށް އެއްވެސް ގެއްލުމެއް ނުދެއެވެ. ކާބޯތަކެތި ކުދިކުދިކޮށް ހަޖަމުކުރުމުގައި މި އެސިޑް ޙަރަކާތްތެރިވެއެވެ.
ހައިޑްރޯ ކުލޮރިކް އެސިޑްގެ ބާރުގަދަކަން ވަޒަންކޮށްލުމަށް އެސިޑްގެ ތެރެއަށް ރޭޒަރުތިލައެއް ލުމުން އެނގޭނެއެވެ. ފެންތައްޓަކަށް ކެލްސިއަމް ވިޓަމިން – ސީ ގުޅައެއް ވައްޓާލުމުން ވިރިގެންދާގޮތަށް ރޭޒަރުތިލަ، އެސިޑްތެރޭގައި ވިރިގެން ދާނެއެވެ. މިހާ ބާރުގަދަ އެސިޑެއް ނަމަވެސް މި އެސިޑަކީ ކާބޯތަކެތި ހަޖަމްކުރުމަށް ލައްވާފައިވާ އެސިޑެކެވެ. މާތްﷲގެ ކުޅަދުންވަންތަކަން އެހެން ހުރިހާކަމަކަށް ވުރެވެސް ބޮޑެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި