ހަލުވިކަމާއެކު މާލެ ސަހަރައްދުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް މާލެ ތެރެއިން ރެންޑަމްކޮށް ނެގި ސާމްޕަލެއް ފައްސިވެ، ބިރުވެރިކަން އިތުރުވެއްޖެއެވެ.
މާލެއިން ނެގި ރެންޑަމް ސާމްޕަލެއް ފައްސިވެފައިވާ ކަން ހާމަކޮށްފައިވަނީ ނޭޝަނަލް އެމަޖެންސީ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ރެންޑަމް ސާމްޕަަަލްް ތަަަކުން މިހާތަނަށް އެކަކު ފައްްްސިިވެފަަައި ވިޔަސް މިއަދަދު އިތުރުވެދާނެކަމަށެވެ.
މާލެ ތެރެއިން ރެންޑަމްކޮށް މީހުން ޓެސްޓުކުރުމަށް ކުރިއަށް ގެންދާ ހަރަކާތަކީ މާލެ ސަރަހައްދުގައި މި ނުރައްކާތެރި ވައިރަސް ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ރެންޑަމްކޮށް ސާމްޕަލްތަކެއް ނެގުމުގެ ބޭނުމަކީ ބަލި ފެތުރިފައިވާ މިންވަރު ބެލުމުގެ އިތުރުން ނުހޯދި ހުރި ކްލަސްޓާތަކާއި ސަރަހައްދުތައް ދެނެގަތުން ކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.
