ކޮވިޑް-19 އާއި ގުޅިގެން މީހުން ގޭގައި ތިބުމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން، ބައިސްކޯފުން ގެނެސްދެމުން އަންނަ އެންމެ ކާމިޔާބު ވެބް ސީރީޒް “ހުވާ” ޕީއެސްއެމްއިން ދައްކަން ފަށާފައިވާއިރު، އެ ސީރީޒް ބެލުމުގެ ފޯރި، ބެލުންތެރިންގެ މެދުގައި އިތުރަށް ގަދަވެއްޖެއެވެ.

ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ ޕީއެސްއެމްގެ ޓީވީއެމް އިން “ހުވާ” ސީރީޒް ދައްކަން ފަށާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. “ހުވާ” ސީރީޒްގެ މިހައިތަނަށް ދައްކާފައިވާ އެޕިސޯޑްތައް ބެލުމަށްފަހު، ބެލުންތެރިންގެ ފަރާތުން ސީރީޒްގެ ޕްރޮޑަކްޝަން ޓީމަށް ކުރަމުން އަންނަ މެސެޖްތަކުން ސީރީޒްގެ ފޯރި އިތުރަށް ގަދަވެފައިވާ މިންވަރު ކިތަންމެހާވެސް ރަނގަޅަށް އެނގިގެން ދެއެވެ.

“މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، ޓީވީން “ހުވާ” ބަލާފަ ވަރަށް ގިނަ މީހުން ގުޅި ރޮވިއްޖޭ ކިޔާފަ.” މިހާތަނަށް ރާއްޖޭގައި އުފެއްދި އެންމެ ކާމިޔާބު ވެބްސީރީޒްގެ މޭސްތިރި، ފާތުމަތު ނަހުލާ މުނިއަވަސް އަށް ބުންޏެވެ.

“ހުވާ” ސީރީޒް، ޓީވީގެ ޒަރީޢާއިން ބެލުމަށް ބެލުންތެރިން ކެތްމަދުވެ، އިންތިޒާރުގައި ތިބެންވީ އެއްވެސް ސަބަބެއްވެސް ނެތެވެ. މި ސީރީޒްގެ ސީޒަން އެކެއް ނިމި، ދެވަނަ ސީޒަންގެ 14 ވަނަ އެޕިސޯޑާ ހަމައަށް ބަލައިލުމަށް ބައިސްކޯފު އެޕް އިންސްޓޯލްކޮށްލައި، ޕްރިމިއަމް ޕެކޭޖް ނެންގެވުމުން އެޔޮތީ “ހުވާ” ގެ އިތުރުންވެސް ބައިސްކޯފުގައި ހުރި ހުރިހައި ކޮންޓެންޓެއް ބަލައިލެވޭނެ ގޮތް ވެފައެވެ.

ބައިސްކޯފްގެ ޕްރިމިއަމް ޕެކޭޖްގެ އަގުވެސް ހުރީ އަތްފޯރާ ހިސާބުގައެވެ. ދިރާގު ކަސްޓަމަރުންނަށް 69ރ އަށް އަދި އޫރިދޫ ކަސްޓަމަރުންނަށް 99ރ އަށް ސަބްސްކުރައިބްކޮށްލެވޭނެ އެވެ. ސަބްސްކްރައިބް ކޮށްލުމުގައި އޮޅުމެއް ވާނަމަ، ނުވަތަ ނޭނގޭނަމަ، 7983863 އަށް ވައިބަރުން މެސެޖެއް ކޮށްލުމުން، ސަބްސްކްރައިބް ކުރާނެ ގޮތްވެސް ބުނެދޭނެއެވެ.

ޓީވީއެމް އިން “ހުވާ” ސީރީޒް ދެއްކުމަށް ހަމަޖެހިފައިވަނީ ވަކި ހިސާބަކަށް ކަމަށް މުނިއަވަސް އަށް ވަނީ އެނގިފައެވެ. ހަމަ އެހެންމެ ޓީވީއެމް އިން “ހުވާ” ދައްކާއިރު، ބައެއް މަންޒަރާއި އަޑުތައް އުނިވެފައި ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ޓީވީއެމް އިން ބައިސްކޯފު ބަލަން ފަށާފައިވާ ފަރާތްތަކުން “ހުވާ”ގެ އަސްލު ފޯރިއާއެކު “ހުވާ” ބަލައިލުމަށް ބައިސްކޯފް އެޕް ބޭނުންކުރުން ބުއްދިވެރިއެވެ.

ވެބް ސީރީޒް “ހުވާ-02” ގައި އެރޫ އާއި ދޮން އައްޔަ – ފޮޓޯ: ހުވާ ޓީމް

“ހުވާ” ސީރީޒް އަކީ ރާއްޖޭގައި ހިނގަމުން އަންނަ، އިޖްތިމާޢީ އެތަކެއް ކަމެއް ދައްކުވައިދޭ ރާއްޖޭގެ ފުރަތަ ވެބް ސީރީޒެވެ. މިއީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ (ނަހޫ)ގެ އަމިއްލަ ވާހަކަ އަކަށް ނަހޫ އާއި މުހައްމަދު ފައިސަލް އަދި ޔޫއްޕެ ޑައިރެކްޓްކޮށް ގެނެސްދެމުން އަންނަ ސީރީޒެކެވެ.

ބައިސްކޯފުގެ އިތުރު ކޮންޓެންޓްތައް ވެސް ޓީވީއެމް އިން ވަނީ ދައްކަން ފަށާފައެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ސިޓްކޮމް “ކަރުހަކުރު” ވެސް އަންނަނީ ދައްކަމުންނެވެ.

ބައިސްކޯފަށް މި ރަމަޟާން މަހު އިތުރުކޮށްފައިވާ އައު ކޮންޓެންޓްތަކުގެ ތެރޭގައި ޓީވީއެމް އިން 90ގެ އަހަރުތަކުގައި ގެނެސްދިން “ކައްތިރި” ޑްރާމާ އާއި އޭގެ ކުރިން ގެނެސްދިން “ސަޅިބައިސާ” ސީރީޒްވެސް މިހާރު ބައިސްކޯފުން ބަލައިލެވޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.