ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބަންގްލަދޭޝްގެ އިތުރު މީހަކު ފައްސިވެ، ރާއްޖެއިން ފައްސިވި މީހުންގެ އަދަދު 574 އަށް!

އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެ އިން ފައްސިވި މީހުންގެ އަދަދު 574 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް ބަންގްލަދޭޝްގެ މީހެއް ފައްސިވެފައިވާ ކަމަށެވެ.

މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 574 އަށް އަރާފައެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 20 މީހަކު ރަނގަޅުވެފައި ވާއިރު، 2 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1790 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 555 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top