ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު ހިފެހެއްޓުމެއް ނެތި ދަނީ މައްޗަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދުގެ ވަގުތެއްގައި ކުރި ޓްވީޓެއްގައި ވާގޮތުން ކޮވިޑް-19 އަށް އިތުރު 27 މީހުން ވަނީ ފައްސިވެފައެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 9 މީހުންނާއި، ބަންގްލަދޭޝް އަށް ނިސްބަތްވާ 18 މީހުންނެވެ.
✳️ COVID-19 Case Updates
As of 01:00pm, confirmed an additional 27 cases of COVID-19 infection in Maldives.
Cases:
– 18 Bangladeshis
– 09 MaldiviansTotal number of cases: 862
— Health Protection Agency (@HPA_MV) May 11, 2020
މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 862 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 288 މީހުންނާއި، ބަންގްލަދޭޝްގެ 478 މީހުންނާއި، އިންޑިއާގެ 63 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، ނޭޕާލްގެ 10 މީހުންނާއި، ސްރީލަންކާގެ 5 މީހުންނާއި، ޕާކިސްތާނުގެ 3 މީހުންނާއި އަދި އެހެން ގައުމުތަކަށް ނިސްބަތްވާ 4 މީހުންނެވެ.
ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 30 މީހަކު ރަނގަޅުވެފައި ވާއިރު، 3 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1521 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 719 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
