ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މޫސުން ގޯސްވެ ރާއްޖެއިން ފުރަތަމަ ފަހަރަށް އޮރެންޖު ސަމާލު ނެރެފި

މޫސުން ގޯސްވެ ރާއްޖެއިން ފުރަތަމަ ފަހަރަށް އޮރެންޖު ސަމާލު ނެރެފި އެެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ރާއްޖޭގެ މެދު ތެރެއާ އުތުރުގެ ހަތް އަތޮޅަކަށް އޮރެންޖު ސަމާލު ނެރެފައެވެ.

މީގެ ކުރިން ރާއްޖޭގައި މޫސުުން ގޯސްވެ، އޮރެންޖު ސަމާލެއް ނެރެފައެއް ނުވެއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު އޮރެންޖު ސަމާލުގައި ބުނެފައި ވަނީ، ބ އަތޮޅުން ފަށައިގެން ފ އަތޮޅާއި ދެމެދުގެ ރަށްތަކަށް އާއްމުކޮށް 34 މޭލާއި 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން ވަނީ ހުޅަނގު މޫސުމުގެ ވިއްސާރައާ އެކު، ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިއްސާރާގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ އިތުރުން ދެކުނާއި މެދުރާއްޖެތެރޭގައި ވައިގަދަވެ، ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top