ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މައިނަރ ހޮޓެލްސް ގުރޫޕުން ޕީސީއާރު މެޝިނެއް ރާއްޖެއަށް ހަދިޔާކޮށްފި

ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ މައިނަރ ހޮޓެލްސް ގްރޫޕުން ކޮވިޑަށް ޓެސްޓު ކުރާ ޕީސީއާރު މެޝިނަކާއި، ގާތްގަނޑަކަށް 400 ލީޓަރުގެ ހޭންޑް ސެނެޓައިޒަރ ރާއްޖެއަށް ހަދިޔާ ކޮށްފިއެވެ.

މިކަން ހާމަކުރަމުން އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ދެކޮޅަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި މިއީ ރާއްޖެއަށް ވަރަށް ބޭނުންތެރި ތަކެތި ކަމަށެވެ. އަދި އެ ދީލަތި އެހީތެރިކަމަށް ޓަކައި، މައިނަރ ގުރޫޕަށް ޝުކުރު އަދާކުރައްވާ ކަމަށް އެ ޓްވީޓުގައި ވެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި 500 އަށްވުރެން ގިނަ ހޮޓާތައް ހިންގާ ތައިލެންޑުގެ މައިނަރ ހޮޓެލްސް ގްރޫޕަކީ ރާއްޖޭގައި ވެސް ގިނަ ރިސޯޓުތަކެއް ހިންގާ ގުރޫޕެކެވެ. އެ ގުރޫޕުން ރާއްޖޭގައި ހިންގާ ރިސޯޓުތަކަކީ ނިޔާމަ ޕްރައިވެޓް އައިލެންޑް، އަނަންތަރާ ކިހާވަށް، އަނަންތަރާ ދިގު، ވެލި ރިސޯޓު އަދި ނަލަދޫ ޕްރައިވެޓް އައިލެންޑް ރިސޯޓެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top