ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބޭޑް ބޯއީ” ގެ ފުރަތަަމަ ފެނިލުން ދައްކާލައިފި

ބޮލީވުޑްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރ ރާޖްކުމާރް ސަންތޯޝީގެ ފިލްމު “ބޭޑް ބޯއީ” ގެ ފުރަތަަމަ ޕޯސްޓަރ ދައްކާލައިފިއެވެ.

ޓުވިޓާ މެދުވެރިކޮށް ސަލްމާން ޚާން އާންމުކުރި ޕޯސްޓަރާއިއެކު، އޭނާ ވަނީ ނަމާޝީއަށް ކާމިޔާބަށް އެދިފައެވެ.

ސާޖިދު ޤުރޭޝީ އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ރޯލުތައް ކުޅެފައިވަނީ އަލަށް ތަޢާރަފުކުރާ ނަމާޝީ ޗަކްރަބަތީއާއި، އަމްރިން ޤުރޭޝީއެވެ. ނަމާޝީ ޗަކްރަބަތީއަކީ މަޝްހޫރު އެކްޓަރ މިތުން ޗަކްރަބަތީގެ ދަރިއެކެވެ. އަދި އަމްރިން ޤުރޭޝީއަކީ ސާޖިދު ޤުރޭޝީގެ ދަރިއެކެވެ.

ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ ރާޖްކުމާރް ސަންތޯޝީއާއި، މޯހިތު ސޫރީއެވެ. ފިލްމުގެ ލަވަތަކުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ހިމޭޝް ރޭޝަމިޔާއެވެ. މިއީ ރޮމޭންޓިކް ކޮމެޑީއެކެވެ.

މިއީ 7 އަހަރުގެ މެދުކެނޑުމަކަށްފަހު ރާޖްކުމާރް ސަންތޯޝީ ޑައިރެކްޓްކުރި ފުރަތަމަ ފިލްމެވެ. އޭނަގެ ފާހަގަކޮށްލެވޭ ފިލްމުތަކަށް ބަލާއިރު ގާޔަލް، ދާމިނީ، އަންދާޒް އަޕްނާ އަޕްނާ، ބަރްސާތު، ގަތަކް، ކާކީ އަދި އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ ފާހަގަކޮށްލެވެއެވެ.

މި ފިލްމު ރިލީޒް ކުރާނެ ތާރީޚެއް އަދި އިޢުލާނުކޮށްފައި ނުވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top