ބުންޑަސްލީގާ ގައި މިރޭ ބައްދަލުކުރި މެޗުގައި ވާދަވެރި ޖަރުމަނު ކްލާސިކޯ ބޮރޫސިއާ ޑޯޓްމަންޑުގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެން، ތާވަލުގެ އެއްވަނައިގައި ބަޔާން މިއުނިކުން ހަތް ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.

ޑޯޓްމަންޑުގެ ދަނޑުގައި ކުޅުނު މި ވާދަވެރި މެޗުގެ ހަމައެކަނި ގޯލު، މެޗުގެ 43 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗެވެ. ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބިގެންދިޔަ ކަން ފާހަގަކޮށްލެވެއެވެ.

މި މެޗުން މޮޅުވުމުން ލިބުނު ތިން ޕޮއިންޓާއެކު، ޖުމުލަ 64 ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއްވަނައިގައި ބަޔާން މިއުނިކު ވަނީ ހަމަޖެހިލާފައެވެ. ބަޔާން މިއުނިކާ ދެމެދު އޮތް ފަރަގު ކުޑަކުރަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފި، 57 ޕޮއިންޓާއެކު ބޮރޫސިއާ ޑޯޓްމަންޑް އޮތީ ތާވަލުގެ ދެވަނައިގައެވެ. ނަމަވެސް، މާދަމާ ރޭ ހާތާ ބާލިން އާ އެކު ކުޅޭ މެޗުން އާރުބީ ލިޕްޒިގް މޮޅުވެއްޖެނަމަ، އެޓީމު ތާވަލުގެ ދެވަނަ އަށް އަރައި، ޑޯޓްމަންޑް ތާވަލުގެ ތިންވަނަ އަށް ވެއްޓޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.