ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދައި ހުރިހައި މަސައްކަތެއް ނިންމާލާފައިވާ އަސަރުގަދަ ލޯބީގެ ފިލްމު “ނޮވެމްބަރ” ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފިއެވެ. މި ފިލްމު އެޅުވުމަށް ކުރިން ޝެޑިއުލްކުރީ ޖުލައި މަހުގެ 6 ވަނަ ދުވަހަށެވެ.
ޑާކްރެއިންގެ ވެރިޔާ އަދި ޕްރޮޑިއުސާ މުޙައްމަދު އަލީ (މޮގާ) ބުނީ ފެތުރެމުން މިދާ ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވިސްނާފައި ޑާކްރެއިންގެ “ނޮވެމްބަރ” 2021 ވަނަ އަހަރުގެ ކުރީކޮޅުގައި ދެއްކުމަށް ފަސްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މޮގާ ބުނީ ޑާކްރެއިނުން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ރައްޔިތުންގެ ރައްކާތެރިކަމަށް ކަމަށެވެ.
ފިލްމު ”ނޮވެމްބަރ“ގައި ބޮޑު ކާސްޓެއް ފެނިގެންދާނެއެވެ. އެގޮތުން އާއިޝަތު ޔާދާ، އައިޝަތު ޢަލީ، ކުރީގެ އެކްޓަރު އިސްމާއީލް ވަޖީހާއި އޭނާގެ ދަރިއެއް ކަމަށްވާ ތަރީޝް އިސްމާއިލް، ލަވަކިޔުންތެެރިޔާ ޝަލަބީ އާއި މޭނާ ހައްސާނު، މަޝްހޫރު ޕްރެސެންޓަރ މޫސާ ވަސީމް އާއި ދިވެހިބަހުގެ އުސްތާޒު ސޯދުބޭވެސް ފެނިގެންދާނެއެވެ. މީގެ އިތުރުންވެސް ޑާކްރެއިންގެ ފިލްމުތަކުން ފެންނަ ބައެއް އެހެން މޫނުތައްވެސް ފެނިގެންދާނެއެވެ.
ފިލްމު ”ނޮވެމްބަރ“ ގެ ސްކްރީންޕްލޭ ލިޔުނީ ޢާއިޝަތު ފުއާދު އާއި ޢަހްމަދު ޠަލާލް އެވެ. ޑައިރެކްޓްކޮށް ކެމެރާކުރީ ޝިފާއު (ޗިއްޕެ) އެވެ. ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތެރިވެފައިވަނީ އާއިޝަތު ފުއާދެވެ. ޗިއްޕެއާއެކު ކެމެރާކުރުމުގައި އަޙްމަދު ޝިނާން ވެސް ހަރަކާތެރިވިއެވެ.
މި ފިލްމުގެ މުހިންމު މަންޒަރުތައް، ލ. އަތޮޅުގެ ގުޅާލާފައިވާ ތިންރަށުގައާއި އައްޑޫ ސިޓީ، ކ. ތުލުސްދޫ، ވެލާނާ އެއަރޕޯޓް، ސިންގަޕޫރު އަދި މަންޓާ އެއަރގައި ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.
ފިލްމު ”ނޮވެމްބަރ”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!