ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރަންބީރާ ކައިވެނިކުރަން ބޭނުންވަނީ އާލިއާ އެކަންޏެއް ނޫން

ބޮލީވުޑްގެ މަޤުބޫލު ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ލޯބީގެ ގުޅުމުގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އެ ދެ ތަރިން އަންނަ ޑިސެމްބަރު މަހު ކައިވެނިކުރަން އުޅޭކަމަށްވެސް ބޮލީވުޑް ޚަބަރުތައް ބުނެއެވެ.

ބޮލީވުޑް އެހެން ތަރިއަކުވެސް ދާދި ފަހުން މިވަނީ ރަންބީރާ ކައިވެނިކުރަން ބޭނުންވާކަމަށް ބުނެފައެވެ. އެއީ މަޝްހޫރު އެކްޓަރ ސައިފް ޢަލީ ޚާންއާއި އަމްރީތާ ސިންގްގެ ދޮށީ ދަރިފުޅު ސާރާ ޢަލީ ޚާންއެވެ. ސާރާ މިހެން ބުނެފައިވަނީ ކަރަން ޖޯހަރްގެ ޗެޓް ޝޯގައި ބައްޕަ، ސައިފްއާ އެކު ބައިވެރިވަމުންނެވެ.

އެ ޝޯގައި ކާތިކް އަރްޔަންއާއި ރަންބީރް ކަޕޫރުގެ ތެރެއިން ކައިވެނިކުރަން ބޭނުންވަނީ ކާކާތޯ ސުވާލުކުރުމުން ސާރާ ބުނެފައިވަނީ ރަންބީރާ ކަމަށެވެ. އަދި ކާތިކާއެކު ޑޭޓަކަށް ދާން ބޭނުންވާކަމަށް ބުނެފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top