ފޯބްސް ޓްރެވަލް ގައިޑް ފައިވް ސްޓާ އެވޯޑު ރާއްޖޭގެ ފަސް ރިސޯޓަކަށް ލިބިއްޖެއެވެ.
ފޯބްސް ޓްރެވަލް ގައިޑްސް އިން ދޭ މި ހާއްސަ އެވޯޑު ލިބިފައިވާ ރާއްޖޭގެ ރިސޯޓުތަކުގެ ތެރޭގައި ވެލާ ޕްރައިވެޓް އައިލެންޑާއި، ފޯސީޒަން ކުޑަ ހުރާ އާއި، ޝެވަލް ބްލޮންކް ރަންދެލި ރިސޯޓު އަދި ވޮއްމުލި ރިސޯޓު ހިމެނެއެވެ.
ފޯބްސްގެ ޚާއްޞަ ޕެނަލަކާއި ޚިދުމަތް ހޯދާ މީހުންގެ ޚިޔާލުގެ މައްޗަށް ބަލައި އެވޯޑު ދެނީ، އެތަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައްޗަށް ބަލާފައެވެ.
މި ފަހަރު ފޯބްސް ޓްރެވަލް ގައިޑުން ޖުމުލަ 107 ފަރާތަކަށް އެވޯޑު ދީފައިވެ އެވެ. މީގެ ތެރޭގައި 16 ގައުމެއްގެ ޓޫރިޒަމް ޕްރޮޕަޓީތައް ހިމެނެއެވެ.
ކިޔުންތެރިންގެ ޚިޔާލު
