ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮވިޑް 19 އިން ޝިފާ ލިބުނު މީހުންގެ އަދަދު 453 އަށް އަރައިފި

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން، ރަނގަޅުވި މީހުންގެ އަދަދު 453 އަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތާއި ބެހޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިރޭގެ ނިޔަލަށް 453 މީހަކު ކޮވިޑް-19 އިން ރަނގަޅުވެފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް މިހާތަަނަށް 1773 މީހަކު ފައްސިވެފައި ވާއިރު، އެބަލި ޖެހިގެން ރާއްޖެއިން މިހާތަނަށް ވަނީ 5 މީހަކު މަރުވެފައެވެ. ކަރަންޓީނުގައި 1580 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 1189 މީހުން މިވަގުތާ ހަމައަށް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top