އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރ ވާޖިދު ޚާން ނިޔާވެއްޖެއެވެ.
ވާޖިދު ނިޔާވެފައިވަނީ ކޮވިޑް-19 ޖެހިގެންކަމަށް ޚަބަރުތަކުގައިވެއެވެ. އިންޑިއާގެ މަޝްހޫރު ގިނަ މިއުޒީޝަނުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ވާޖިދު ޚާން މިއުޒިކު ހަދަމުން ގެންދަނީ އޭނާގެ ބޭބެ ސާޖިދު ޚާން އާއި އެކު، ސާޖިދު-ވާޖިދު ގެ ނަމުގައެވެ. 1998 ވަނަ އަހަރުން ފެށިގެން މިއުޒިކް ހަދަމުން އަންނަ ސާޖިދު-ވާޖިދުގެ “ޑުއޯ” އިންޑިއާގެ އެންމެ މަޝްހޫރު އެއް މިއުޒިކް “ޑުއޯ” އެވެ.
ސާޖިދު-ވާޖިދު މިއުޒިކް ތައްޔާރުކޮށްފައިވާ ފިލްމެއްގެ ލަވަތައް އަދި ނުނިކުމެ އެބަވެއެވެ. އެއީ “3 ދޭވް” އެވެ. އެންމެ ފަހުން ސާޖިދު-ވާޖިދުގެ އާންމުވެފައިވާ ލަވަތަކަކީ ސަލްމާން ޚާންގެ “ޕިޔާރް ކަރޯނާ” އާއި، “ބާއީ ބާއީ” އެވެ. މި ދެ ލަވައަށް ވެސް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.
Devastated with the news of the passing away of my brother Wajid of Sajid -Wajid fame. May Allah give strength to the family 🙏
Safe travels bro @wajidkhan7 you’ve gone too soon. It’s a huge loss to our fraternity. I’m shocked & broken .
Inna Lillahi wa inna ilayhi raji'un
— salim merchant (@salim_merchant) May 31, 2020
ވާޖިދުގެ މަރުގެ ހިތާމައިގައި ބައިވެރިވަމުން މިއުޒިކް ޑައިރެކްޓަރު ސާލިމް މާޗެންޓް ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެއެވެ.
“އަހަރެންގެ އަޚުން ކަމުގައިވާ ސާޖިދު-ވާޖިދު ގެ ތެރެއިން ވާޖިދު ނިޔާވި ޚަބަރު އެހީ ވަރަށް ފުން ހިތާމަޔާއެކު. މާތް ﷲ ވާޖިދުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! ތި ދިޔައީ މާ އަވަހަށް އަހަރެންގެ އަޚު ވާޖިދު. އަމާން ދަތުރަކަށް އެދެން. މިއީ އަހަރެމެންގެ މުޅި ދާއިރާ އަށް ލިބުނު ބޮޑު ގެއްލުމެއް. ލިބުނު ފުން ހިތާމަައިން އަހަރެންނަށް މިހުރީ ބޮޑު ޝޮކެއް ލިބިފަ.”
ވާޖިދުގެ މަރާއި ގުޅިގެން އިންޑިއާގެ މުނިފޫހިފުލުވުމުގެ ދާއިރާގެ އެކި ފަންނާނުންނާއި އޭނަގެ ސަޕޯޓަރުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ.
