”މުނިއަވަސް ކުޑަކުދިންގެ ޤުރުއާން މުބާރާތް 1441″ގައި ބައިވެރިވި ދަރިވަރުންގެ ވީޑިއޯތައް މުނިއަވަސް ފޭސްބްކް ޕޭޖުގައި ޝާއިޢުކުރި ފަހުން،ވެސް މުބާރާތަށް ހީވެސް ނުކުރާ ފަދަ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް މުނިއަވަސްގެ އެޑިޓޯރިއަލް އިން ބުނެފިއެވެ.

މުނިއަވަސް އެޑިޓޯރިއަލް އިން ބުނީ ވީޑިއޯތައް ޢާއްމުކޮށްލި ހިސާބުން، މުބާރާތުގައި ބައިވެރިވުމަށް އެދި އެތަކެއް ބެލެނިވެރިންނެއް، ފޭސްބްކް ޕޭޖަށް، މުނިއަވަސްގެ އެޑިޓޯރިއަލް މެންބަރުންގެ ފޯނަށް، އަދި މުނިއަވަސް ވައިބަރ އަށް އެތަކެއް މެސެޖްތަކެއް ކެނޑިނޭޅި ލިބެމުން އަންނަ ކަމަށެވެ.

“ދުވާލަކު ދިހަ ވަރަކަށް ކޯލް ލިބެމުން އަންނައިރު، އެތަކެއް ބަޔަކު ފޭސްބްކް ޕޭޖަށް ވެސް މެދުނުކެނޑި އަންނަނީ މެސެޖް ކުރަމުން. ގިނަ ބޭފުޅުން ވިދާޅުވަނީ މުބާރާތް އޮންނަކަން ކުރިން އެނގިފައި ނުވާކަމަށް. ދެން އަޅުގަނޑުމެން ދަންވަމުން މި ގެންދަނީ މުނިއަވަސް އިން އެކަށީގެންވާ ދިގު މުއްދަތެއް ދެވުނުކަމަށާ މިހާރު މުބާރާތުގެ ކިޔެވުންތަކަށް އިންސާފުކުރެވެމުން އަންނަ ކަމަށް.” އެޑިޓޯރިއަލް އިން ހާމަކުރިއެވެ.

މުނިއަވަސް ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ކޮށްފައިވާ ބައެއް މެސެޖްތައް، ސްކްރީން ފުސްކޮށްފައި

އަންނަ އަހަރު ރަމަޟާން މަހުވެސް މުނިއަވަސް އިން ޤުރުއާން މުބާރާތް ބާއްވަން ނިންމާފައިވެއެވެ.

މި އަހަރު މަދަހަ މުބާރާތެއްގެ އިތުރުން، އިތުރު ބައެއް މުބާތްތައް ބޭއްވުމަށްވެސް އަންނަނީ ރާވަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.