އިންޑިޔާގެ ސިނަމާތައް ހުޅުވުމާއި ފިލްމުތައް ރިލީޒްކުރުމާމެދު ވަކި ގޮތެއް ނުނިންމިގެން އުޅެނިކޮށް އަކްޝޭ ކުމާރްއާއި ކަރީނާ ކަޕޫރް ޚާން މައިގަނޑު ރޯލުތައް ކުޅެފައިވާ ”ގުޑް ނިއުޒް“ ޔޫއޭއީގައި ރިލީޒްކުރަން ނިންމައިފިއެވެ.
މިދިޔަ މެއި މަހު 27 ގައި ޔޫއޭއީގެ ސިނަމާތައް ހުޅުވާލުމާއެކު ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކެއް ޔޫއޭއީ ގައި ރިލީޒްކުރުމަށް ރާވަމުން އަންނަކަމަށް ޚަބަރުތައް ބުނެއެވެ. އެގޮތުން މި ހިނގާ ޖޫން މަހުގެ 11 ވަނަ ދުވަހު ”ގުޑް ނިއުޒް“ ރިލީޒް ކުރާނެއެވެ.

”ދުބާއީ އަކީ އަބަދުވެސް އަހަރެންގެ ފިލްމުތަކަށް ވަރަށް ސަޕޯޓް ލިބޭ ތަނެއް. އެހެންވެ ގުޑް ނިއުޒް އަލުން ރިލީޒް ކުރުމަކީ ޚާއްސަ ކަމެއް.“ އަކްޝޭ ބުނެފައިވެއެވެ.
ރާޖް މެހެތާ ޑައިރެކްޓްކޮށްފައިވާ ”ގުޑް ނިއުޒް“ އިންޑިޔާގައި ރިލީޒްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ހެއްވާ މަޖާ ގިނަ ކަންތައްތަކެއް ދައްކުވައިދިން މި ފިލްމުގައި އަކްޝޭއާއި ކަރީނާގެ އިތުރުން ދިލްޖީތު ދޮސާންޖްއާއި ކިއާރާ އަދުވާނީވެސް ހަރަކާތްތެރިވެއެވެ. އިންޑިޔާއިން 205 ކުރޯޑްގެ އާމްދަނީއެއް ހޯދި މި ފިލްމު ހިމެނިފައިވަނީ އިންޑިޔާގެ ބޮކްސް އޮފީހުގެ 6 ވަނައިގައެވެ.
”ގުޑް ނިއުޒް“ ގެ އިތުރުން އަޔޫޝްމާން ކުރާނާގެ ”ޑްރީމް ގާރލް“ ވެސް ވަނީ ޔޫއޭއީގައި ރިލީޒްކުރަން ނިންމާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




