ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޖުލައި މަހު އަކްޝޭ ޝޫޓިންއަށް ފުރާނެ

އަންނަ ޖުލައި މަހު، އަކްޝޭ ކުމާރް “ބެލް ބޮޓޮމް” ގެ ޝޫޓިންއަށް ލަންޑަނަށް ފުރާނެކަމަށް ޚަބަރުތައް ބުނެފިއެވެ.

ކާސްޓުންނާއި ބެހޭ މާގިނަ މަޢުލޫމާތުތަކެއް ހާމަކޮށްފައިނުވާ މި ފިލްމަކީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއްކަމަށް އަކްޝޭ ބުނެފައިވެއެވެ. ރަންޖީތު ތިވާރީ ޑައިރެކްޓްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އަސީމް އަރޯރާއާއި ޕަރްވޭޒްއެވެ. ނިކިލް އަދުވާނީއާއި ވަޝޫ ބަގްނާނީ ޕްރޮޑިއުސްކުރާ މި ޕީރިއަޑް ތުރިލާ ރިލީޒް ކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ގައެވެ.

“ބެލް ބޮޓޮމް”ގެ އިތުރަށްވެސް އަކްޝޭގެ ގިނަ ފިލްމުތަކެއް ކުރިއަށް އެބަހުއްޓެވެ. އޭގެ ތެރޭގައި ރޯހިތު ޝެޓީގެ “ސޫރިޔަވަންޝީ”، ރަގަވާ ލައުރެންސްގެ “ލަކްސްމީ ބޮމްބް”، ޔަޝް ރާޖް ފިލްމްސްގެ “ޕްރިތުވިރާޖް” އަދި އާނަންދު އެލް ރާއީގެ “އަތުރަންގީ ރޭ” ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top