[avatar user=”[email protected]” size=”thumbnail” align=”left”]ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.[/avatar]

‘ދައްކާލަބަލަ’ މި ނަމުގައި އައިސްޓީވީ އިން މީހުންގެ ސަމާލުކަން ދަމައިގަންނަ ގޮތަށް ތައްޔާރުކޮށްފައިވާ އިޝްތިހާރު ދައްކަން ފެށިތާާ ދުވަސްކޮޅެއްގެ ތެރޭގައި މި ޝޯ ގެ ފުރަތަމަ އެޕިސޯޑް މިދިޔަ ހުކުރު ދުވަހުގެ ރޭ ދައްކައިފި އެވެ.

‘ދައްކާލަބަލަ’ ޕްރޮގްރާމް ގެ ފުރަތަމަ އެޕިސޯޑް ގައި ރާއްޖޭގެ އެންމެ މަޝްހޫރު ފިލްމީ ބަޠަލާ ނިޢުމާ މުޙައްމަދު ވަނީ އޭނާގެ ޒާތީ ދިރިއުޅުމާއި ވަރަށް ގުޅުންހުރި، ޢާއްމުކޮށް މީހުންނަށް ނުދައްކާ ކަހަލަ އެއްޗެއް ދައްކައި އާއްމުކޮށް ހާމަ ނުކުރާ ޒާތުގެ އެތައް އެއްޗެއް ދައްކާފަ އެވެ.

“ދައްކާލަން މިއުޅެނީ އެއްވެސް މީހަކާ ޝެއަރ ނުކުރާ، އެއްވެސް މީހެކޭ މިބުނީ ގޭ ކުދިންނާާ އެކަނި ޝެއަރ ކޮށް ގޭ ކުދިންނަށް ހަމައެކަނި ދައްކާ އެއްޗެއް އެއީ … ފޯނު!” ޕްރޮގްރާމް ފަށަމުން ނިޢުމާ ގެ ފޯނު ދައްކާލަމުން ބުންޏެވެ.

ފަސްވަރަކަށް މިނެޓްގެ ދިގުމުން ހުރި މި ޝޯ ގައި ނިޢުމާާ ވަނީ އޭނާގެ ފޯނުގެ ޕާސްވޯޑާއި، އެއްމެ ފަހުން ކުރި ކޯލާއި، އައި ކޯލާއި، އެއްމެ ފަހުން ކުރި އެސްއެމްއެސް އާއި ލިބުނު އެސްއެމްއެސް އާއި އެއްމެ ފަހުން ނެގި ސްކްރީން ޝޮޓާއި އެއްމެ ފަހުން ނެގި ސެލްފީ އާއި ފޯނުގެ ކޮންޓެކްޓްސް ތަކަށް ދާން ދެން ދައްކާފައެވެ. މީގެ އިތުރުންވެސް އެތައް ކަމެއް ވަނީ ހާމަކޮށްފަ އެވެ.

ދިވެހިރާއްޖޭގެ ފިލްމީ އަދި މީޑިއާ ސެލެބްރިޓީސް ހިމަނައިގެން ގެނެސްދޭ މި ޕްރޮގްރާމް ގެ 3 އެޕިސޯޑް ކޮންމެ ހަފުތާއެއްގައިވެސް ދެއްކުމަށް ވަނީ ނިންމާފައި ކަމަށް އައިސްޓީވީން ބުނެއެވެ. ޖުމްލަ 60 އަށްވުރެން ގިނަ ސެލެބްރިޓީސް ގެނެސްދޭ މި ޝޯވް ކޮންމެ ހަފުތާއަކު އައިސްޓީވީ ގެ ފޭސްބްކް ޕޭޖާއި ޔޫޓިއުބް ޗެނަލްއަށް އަޕްލޯޑް ކުރުމަށްވެސް ނިންމާފައި ވާކަމަށް އައިސްޓީވީން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.