އިތުރު 14 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެއްޖެ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދާދިދެންމެއަކު، ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 14 މީހަކު ފައްސިވެފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ 5 ދިވެއްސަކާއި، ބަންގްލަދޭޝްގެ 8 މީހަކާއި އަދި، ސްރީލަންކާގެ މީހެއް ކަމަށެވެ.
✳️ COVID-19 Case Updates
As of 06:00 PM
Confirmed an additional 14 cases of COVID-19 infections in Maldives
– 05 Maldivians
– 08 Bangladeshis
– 01 Sri LankanTotal number of cases: 1,976 pic.twitter.com/PnE9DqjWWX
— Health Protection Agency (@HPA_MV) June 11, 2020
މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 1976 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 686 މީހުންނާއި، ބަންގްލަދޭޝްގެ 1046 މީހުންނާއި، އިންޑިއާގެ 190 މީހުންނާއި، ނޭޕާލްގެ 24 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، ސްރީލަންކާގެ 11 މީހުންނާއި، ޕާކިސްތާނުގެ 3 މީހުންނާއި އަދި އެހެން ގައުމުތަކަށް ނިސްބަތްވާ 5 މީހުންްނެވެ.
ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 1153 މީހުން ރަނގަޅުވެފައި ވާއިރު، 8 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 306 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 797 މީހުން މިވަގުތާ ހަމައަށް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
