ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބައިސްކޯފުން “ނަފުރަތުވުމުން” ދައްކަން ފަށައިފި

މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށް 2019 ވަނަ އަހަރު ގެނެސްދިން އަސަރުގަދަ ލޯބީގެ ފިލްމު “ނަފުރަތުވުމުން” ބައިސްކޯފުން ދައްކަން ފަށައިފިއެވެ.

ބައިސްކޯފުން މަޢުލޫމާތު ދިން ގޮތުގައި ނަފުރަތުވުމުން ބައިސްކޯފުން ގެނެސްދޭނީ ސީރީޒެއްގެ ގޮތުގައި 9 ބަޔަކަށް ބަހާލައިގެންނެވެ. ކޮންމެ ހުކުރު ދުވަހެއްގެ ރޭ 21:00 ގައި މި ފިލްމުގެ އާ ބައެއް ގެނެސްދޭނެއެވެ. އެގޮތުން ރޭގައި ވަނީ މި ފިލްމުގެ ފުރަތަމަ ބައި ގެނެސްދީފައެވެ.

އިސްމާޢީލް ޝަފީޤްއާއި ޔޫއްޕެ ޕްރޮޑިއުސްކުރި މި ފިލްމުގެ ތަރިންގެ ތެރޭގައި ހިމެނެނީ މަރިޔަމް އައްޒަ، އަޙްމަދު ޢީސާ (އާނަންދު)، ޢަލީ އާޒިމް (ދޮން އައްޔަ) އަދި ޔޫސުފް ޝަފީޢު (ޔޫއްޕެ) އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top