މިދިޔަ އާދިއްތަ ދުވަހު ދަންޖެހިގެން މަރުވި ބޮލީވުޑްގެ ޒުވާން އެކްޓަރު ސުޝާންތު ސިންގ ރާޖުޕުޓްގެ މަރާއި ގުޅިގެން ބޮލީވުޑްގެ 8 މީހަކަށް ދަޢުވާކޮށްފިއެވެ.
އެގޮތުން ދަޢުވާކޮށްފައިވަނީ ބޮލީވުޑް ސުޕަސްޓާރ ސަލްމާން ޚާންއާއި، ޕްރޮޑިއުސަރ/ޑައިރެކްޓަރ ކަރަން ޖޯހަރާއި، ޕްރޮޑިއުސަރ/ޑައިރެކްޓަރ އަދިތުޔާ ޗޯޕްރާއާއި، ޑައިރެކްޓަރ ސާޖިދު ނާދިއާޑްވާލާއާއި، ޕްރޮޑިއުސަރ/ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީއާއި ޕްރޮޑިއުސަރ ބުޝަން ކުމާރާއި، ޓީވީ ޕްރޮޑިއުސަރ އެކްތާ ކަޕޫރް އަދި ޑައިރެކްޓަރ ދިނޭޝްގެ މައްޗަށެވެ.
ބިހާރްގެ މުޒައްފަރްޕޫރްގެ ކޯޓަކަށް މައްސަލަ ވައްދަމުން ވަކީލު ސުދީރް ކުމާރް އޯޖާ ބުނެފައިވަނީ މި 8 މީހުންނަކީ ސުޝާންތު އަމިއްލައަށް މަރުވުމަށް މަޖުބޫރުކުރި މީހުން ކަމަށެވެ. އަދި އެމީހުންގެ ސިއްރު އެޖެންޑާއެއްގެ ދަށުން ސުޝާންތުގެ ފިލްމުތައް ރިލީޒްވިޔަ ނުދިނުމާއި ފިލްމު ފަންކްޝަންތަކަށް ދަޢުވަތު ނުދިނުމަކީ އޭނަ މާބޮޑަށް ޖަޖުބާތީވެ އަމިއްލައަށް މަރުވާން ދިމާވި ސަބަބު ކަމަށެވެ.
ސުޝާންތުގެ މަރާއި ގުޅިގެން ހިތާމަކުރަނީ ހަމައެކަނި ބިހާރްގެ ރައްޔިތުން ނޫންކަމަށާއި މުޅި ޤައުމު އެކަމުގެ ހިތާމަ ކުރާކަމަށްވެސް ސުދީރް ވަނީ ބުނެފައެވެ. އަދި މި މައްސަލައިގެ އަޑުއެހުން އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.
ސުޝާންތު ދަންޖެހިފައި ހުއްޓާ ފެނުނީ މުމްބާއީގައި އޭނާ ދިރިއުޅޭ ބަންދުރާ ފުލެޓުގައި މިދިޔަ އާދިއްތަ ދުވަހުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ



